ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދު ބަންދުން ދޫކޮށްލައިފި

ރައުދުގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މަލޭގެ ގެއެއްގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ކަމަށް ބުނާ މައްސަލައިގައި، ބައިވެރިވުމެއް އޮވެދާނެކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ބަންދުން ދޫކޮށްލުމާ ގުޅިގެން އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަވެސް ވަނީ އަނބުރާ ނަގާފައެވެ. އެގޮތުން އެ މައްސަލައަކީ އޭނާ ބަންދު ކުރި ގޮތް ގޯސްކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

އޭނާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ މެންދުރު 13:15 އަށެވެ. މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް, ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

އެހެންނަމަވެސް ރައުދު ބަންދުން ދޫކޮށްލާފައިވާތީ އޭނާ މި މައްސަލަ އަނބުރާ ގެންދިއުމަށް ނިންމުމުން ހައިކޯޓުން މިހާރު ވަނީ މައްސަލަ ބާތިލުކޮށްފައެވެ.

މިދިޔަ މަހުގެ 18 ގައި ހ. ފެންޓެނޯއީގެއިން އެ އިމާރާތާއި ޖެހިގެން ހުރި، ހ. މިޓާޒްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުތައް ފަށައި ރައުދު ހައްޔަރު ކުރީ މިދިޔަ އޭޕްރިލް މަހުގެ 24 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: