ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނުގެ ބަޔާން ނެގުމަަށް މެލޭޝިއާގެ ފުލުހުންނާއި ގުޅިގެން މަސައްކަތްކުރަނީ!

ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާއިއެކު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ހ ފެންޓެނޯއީ ގެއިން ޒުވާން އަންހެނަކު ޖެހިގެން ހުރި އިމާރާތުގެ ފުރާޅު މައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައާއި ގުޅޭގޮތުން ފުލުހުން އާންމުކޮށްފައިވާ ބަޔާނުގައިވާގޮތުން އާއިލާގެ އެއްބާރުލުން ލިބުމާއިއެކު އެ މުއައްސަސާއިންވަނީ އަންހެން މީހާގެ ބަޔާން ނެގުމަށް ތައްޔާރުވެފައެވެ. އަދި އޭނާ މެލޭޝިއާއަށް ފަރުވާ ހޯދުމުގެ ބޭނުމުގައި ފުރި ދުވަހުން ފެށިގެން 2 ފުލުހުންވެސް އެ ގައުމުގައި ތިބިއިރު އޭގެން އެކަކަކީ ޑޮކްޓަރެއްކަމަށް ހާމަކޮށްފައިވެއެވެ.

ނަމަވެސް މިއަދާއި ހަމައަށް ތަކުރާރުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުންވެސް އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާކަމަށާއި ސިއްހީ ހާލަތާއި ގުޅޭގޮތުންވެސް އެއްވެސް މައުލޫމާތެއް އެ މުއައްސަސާއާއި ހިއްސާކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. އަދި ފަރުވާދެމުންދިޔަ ހޮސްޕިޓަލް ބަދަލުކުރިއިރުވެސް އެ މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

މިއަދާއި ހަމައަށް ފުލުހުން މަސައްކަތްކުރަމުން އައިސްފައިވަނީ އާއިލާގެ ފަރާތުން އެ މުއައްސަސާއަށް އެއްބާރުލުން ލިބިގެންދާނެކަމުގެ އުންމީދުގައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެއްބާރުލުން ލިބިފައިނުވާކަމަށްވުމުން މިހާރު މެލޭޝިއާގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި އެ ގައުމުގެ ފުލުހުންނާއި ގުޅިގެން މަސައްކަތްތައް ފަށާފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: