ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރި، މި ބަދަލުތައް ގެނެސް ޝަރީއަތްތައް އަވަސް ކުރެވޭނެ: ޒާހިރު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރިކަމަށާއި، އެ ބަދަލުތައް އަވަސްކަމާއިއެކު ގެނެސް ތަންފީޒު ކުރާނަމަ ޝަރީއަތްތައް އަވަސްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާކަން ފާހަގަކޮށް ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު ވިދާޅުވީ، އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ޝަރުއީ ނިޒާމުގެ ތެރޭގައި އެބަހުރިކަމަށެވެ.

އެގޮތުން ޝަރުއީ ނިޒާމަށް ހުށައެޅޭ މައްސަލަތައް ޕާކް ކުރެވިފައި ހުރުމަކީ އެއް މައްސަލަ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދާ މައްސަލަތައްވެސް އެބަހުރިކަމަށް ވިދާޅުވިއެވެ. މައްސަލަތައް ލަސްވާތީ، ކޯޓުގެ ކަންކަން އެންމެ އެކަށީގެންވާ އިންތިޒާމްތަކެއްގެ މަތިން ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އެބައޮތްކަމަށް ޒާހިރު ފާހަގަކުރެއްވިއެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމްކުރުމުގައި ދަތިތައް ހުރީ ނުފޫޒު ފޯރުވާތީކަމަށް ފާހަގަކޮށް ޒާހިރު ވިދާޅުވީ ތިން ނިޒާމުވެސް އޮޕަރޭޓް ވާން ޖެހޭނީ މިނިވަންކަމާއިއެކުކަމަށެވެ.

ގާނޫނުތަކަށް ގެންނަން ޖެހޭ ބައެއް ބަދަލުތައްވެސް އެބަހުރި. ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އޭގެ ސްޕީޑުގައި ގެންގޮސް ގާނޫނުތައް ތަންފީޒު ކުރެވޭކަމަށްވާނަމަ އަޅުގަނޑު ހިތުން ޝަރީއަތްތައް އަވަސް ކުރުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ.

ޒާހިރު ވިދާޅުވިއެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމާއިމެދު ކުރެވޭ ބަހުސް އިތުރަށް ބޮޑުވެގެންދިޔައީ، ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރުމާއި ގުޅިގެންނެވެ. އެގޮތުން ސްޕްރީމް ކޯޓުގެ ފަޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދެވެ. ސުއޫދު ވަނީ ސަސްޕެންޝަންގައި ހުންނަވަނިކޮށް އިސްތިއުފާދެއްވާފައެވެ.

ސުއޫދުގެ އިސްތިއުފާ ދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ”ގޮނޑިގެއްލޭ އިސްލާޙުގެ މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއްކަމަށް ނިންމުމާއެކު، މި ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ.“

މީގެ އިތުރުން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒާހިރު ވިދާޅުވީ ޝަރީއަތްތައް އަވަސް ކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރިކަމަށާއި، އެ ބަދަލުތައް އަވަސްކަމާއިއެކު ގެނެސް ތަންފީޒު ކުރާނަމަ ޝަރީއަތްތައް އަވަސްވާނެކަމަށް ގަބޫލުކުރާނަކަމަށެވެ. ކޯތުތަކަށް ބޭނުންވާ އެކަށީގެންވާ ޖާގަވެސް އިތުރުކުރަން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލު ގެނައުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި، ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޒާހިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: