ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރީތައް ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ކުރަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރީތައް ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އިންތިހާބު ބާއްވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.

މިއީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިހާބުކަމަށް ޒާހިރު ވިދާޅުވިއެވެ. އެހެންވެ ވަރަށް އިސްކަމެއް ދީގެން މިހާރު މަސައްކަތްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތަކެވެ. އަދި އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގައި އެންމެ ބޮޑަށް އޮތީ ޖާގައިގެ ދަތިކަންކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބާބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދުމުގައި ދަތިކަމަށް ވިދާވިއެވެ. މިހާރު މިވަގުތަށް ބަލާނަމަ ދަރުބާާރުގެއެއް ނެތްކަމަށާއި، އެހެންވީމަ މާލޭގައި އެކަހަލަތަނެއް ހޯދައިގެން އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ފާހަގަކުރެއްވިއެވެ.

ޒާހިރު ވިދާޅުވީ މިކަންކަމަށް ބޭނުންވާ މުވައްޒަފުންނާއި، އިންތިޚާބެއް ބޭއްވުމަށް ބޭނުންވާ މަސައްކަތްތައް މިނިމައިޒްކޮށް ޚަރަދުވެސް ކުޑަކުރެވޭނީ ކިހިނެއްތޯ ވިސްނަމުންދާކަމަށެވެ.

ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރައްވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: