ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތު ކޭމްޕް މިފަހަރު ކުޑަގިރީގައި!

ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބާއްވާ ޔޫތު ކޭމްޕު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބާއްވާ ޔޫތު ކޭމްޕު މިފަހަރު ކުޑަގިރީގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ކޭމްޕް ކުރިޔަށް ދާނީ މެއި މަހުގެ 31 ވަނަ ދުވަހު، ކުޑަގިރީގައި ހެނދުނު 7 އިން ރޭގަނޑު 7 އަށެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރްކޯޑް ބޭނުންކޮށްގެން ނުވަތަ ފުރިހަމަ ނަމާއި ނަންބަރު އަދި އުމުރު 7925704 އަށް ފޮނުވުމުން ރަޖިސްޓްރީކުރެވޭނެއެވެ.

ތަފާތު ގިނަ ގޭމްތަކެއް ބީޗުގައި ކުޅުމަށް ރާވާފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.

ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: