ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުވެރީންގެ ކަންކަން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން: ޑރ ޝަހީމް

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ހައްޖުވެރީންގެ ކަންކަން ފަސޭހަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ހުރިހައި އިދާރާތަކެއް ގުޅިގެން ހައްޖުވެރީންގެ ކަންކަން ފަސޭހަކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، މި ކަންކަމުގެ ހެޔޮ ނަތީޖާ ވެސް ފެންނަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މި އަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރީންނަށް ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީނު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ދިވެހި ޙައްޖުވެެރީންނަށް މި އަހަރު ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބޭނެކަމަށާއި، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ތަޢާރަފުކޮށްފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުމަށް ނިންމުމަކީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގައި ވެސް އަންނަ އެންމެ ފަސޭހަ ކަންތައްތަކަށް ވާނެކަމަށެވެ.

ވަޒީރުގެ ވާހަަކަފުޅުގައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްއާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ޙައްޖުވެރީންނާ ޙިއްސާކުރައްވައިފައެވެ.

ވަޒީރު ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަކަން ޙައްޖުވެރީންނަށް އިޙުސާސުކުރެވޭނީ ޖިއްދާ އެއާރޕޯޓުންކަމަށާއި ޙައްޖުވެރީންނަށް ޖިއްދާ އެއާރޕޯޓުން ސަޢުދީ ސަރުކާރުން އިސްތިޤުބާލުކުރާނެ ކަމަށާއި، އިމިގްރޭޝަންގެ ކަންކަމަށާއި ފޮށިތަންމަތި ލިބިގަތުމަށްޓަކައި ޙައްޖުވެރީން އެއާރޕޯޓުގައި މަޑުކުރާންނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރަށް ދިވެހި ޙައްޖުވެރީންނަށްޓަކައި ދިވެހި ސަރުކާރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިއްބޭނެ ކަމަށާއި، ޙައްޖުވެރިއަކަށް އުނދަގޫ ޙާލަތެއް ދިމާވި ނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރީންގެ ތެރެއިން މި އަހަރު ފުރާ ޙައްޖުވެރީންގެ ފުރަތަމަ ގުރޫޕު ފުރާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ސުޢޫދީ އެއަރލައިންގެ މަތީންދާ ބޯޓެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: