ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލު ކިހިނެއް ޕްރޮގްރާމް؛ ރާއްޖޭގެ 14،000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރާތްކޮށްފި

އެމްއައިބީގެ އިސްމަގާމުގެ ފަރާތުން މިނިސްޓަރު ޑރ. އާޢިޝަތު ޝިހާމްއާއި ބައްދަލުކުރުމުގެ ތެރެއިން/ފޮޓޯ: މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމެންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ’ހާލު ކިހިނެއް‘ ޕްރޮގަރާމަކީ، މުޖުތަމަޢުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކައިރިއަށް ގޮސް އެމީހުންގެ ހާލަތު ބަލައި، އެފަރާތްތަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަރާތްތަކާއި އެހެން މުޢައްސަސާތަކާއި ގުޅުވައިގެން މިކަންކަމަށް ހައްލު ހޯދައި ދިނުމަށް ހިންގޭ ޕްރޮގްރާމެއްކަމަށް މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެގޮތުން، ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މިހާހިސާބަތް ގާތް ގަނޑަކަށް ރާއްޖޭގެ 14،000 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، މި ޒިޔާރަތްތަކުގައި، ވަޒީފާގެ ދަތިކަމުން، ޢާއިލާ ނިކަމެތި ހާލަތުގައި އުޅޭ ފަރާތްތަކަށް ފުދުންތެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤުސަދުގައި ވަޒީފާ ދޭ ފަރާތްތަކާއި ގުޅިގެން ވަޒީފާތައް ހޯދައި ދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: