ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރަހައްދީ ދުޅަހެޔޮ އިޤްތިސާދެއް ދެމެހެއްޓުމަށްޓަކައި ދެފުށް ފެންނަ ޓެކްސް ނިޒާމެއް މުޙިއްމު: މޫސާ ޒަމީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ހިމެނޭ މި ސަރަހައްދުގައި ހަރުދަނާ، ދުޅަހެޔޮ އަދި އިތުބާރު ކުރެވޭ އިޤުތިޞާދެއް ދެމެހެއްޓުމަށްޓަކައި ދެފުށްފެންނަ ޓެކްސް ނިޒާމެއް އޮތުމަކީ މުޙިއްމުކަމެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިހެން ވިދާޅުވީ 26 މޭ 2025 ގައި ދިވެހިރާއްޖޭގައި ފެށި އަށް ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުމުގެ ގާލާ ނައިޓް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރަހައްދުގެ އެކި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ހަފްލާގައި ވާހަކަ ދައްކަމަވުމުން މާލީ ވަޒީރު ވިދާޅުވީ، ޓެކްސް ނުދެއްކުމާއި، ނުރަނގަޅު ގޮތުގައި ފައިސާ ދައުރުކުރުމާއި ނުވަތަ ދުނިޔޭގެ އިޤުތިޞާދަށް އަންނަ އަވަސް ބަދަލުތައްފަދަ ކަންތައްތަކަކީ އެއްވެސް ޤައުމަކަށް އެކަނި ހައްލުކުރެވޭ ވަރަށް ވުރެ ގޮންޖެހުން ބޮޑު މައްސަލައެއްކަމަށެވެ. އެހެންކަމުން، މި ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޝައްކެއްނެތް ގޮތުގައި އެއް ޤައުމުން އަނެއް ޤައުމުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ޓެކްސް ނިޒާމާ ގުޅޭގޮތުން އެކި ޤައުމުތަކުން ގެންގުޅޭ ތަޞައްވުރާއި ތަޖުރިބާ، ގައުމުތަކުގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ހަރުދަނާ ޓެކްސްގެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމެއް ކަމަށްވެސް ވަޒީރު ޒަމީރު ވިދާޅުވިއެވެ.

އޭޝިއާ އިނީޝިއޭޓިވް އަކީ އޭޝިއާއަށް ނިސްބަތްވާ ޤައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ އަހަރީ ބައްދަލުވުމެކެވެ. މިއީ މި ބައްދަލުވުން ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: