ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ“ އަކީ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބިގެންދާ ފުރުސަތެއް: ޝިޔާމް

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

”ބްލޫ އިކޮނޮމީއިން ފިޝަރީޒް ސެކްޓަރގެ“ މަޝްރޫއުގެ ދަށުން މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، އައު އީޖާދީ އުފެންދުންތައް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

”ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރގެ“ މި މަޝްރޫޢަކީ، ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު މަސްވެރިކަމަށް ކުރާ ދަތުރުގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ތެރެއިން އީކޯ ފްރެންޑްލީ ވަން ބައި ވަން ޕޯލް އެންޑް ލައިން އަދި ހެންޑްލައިން ޓޫނާ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ގައުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، މި ދާއިރާގެ ވަޒީފާގެ ރަނގަޅުކަމާއި، ވެލިއު ޗޭން ޑައިނަމިކްސް އިތުރުކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް މި މަޝްރޫޢުގެ ތެރެއިން ފެނިފައިވަނީ ޓްރާންސްފޯމަޓިވް އިންޓަރވެންޝަންތަކެއްކަމަށާއި އަދި ޚާއްޞަކޮށް ޔެލޯފިން ޓޫނާ ރިންގާއި އިކެޖިމޭ ޓެކްނިކް ތަޢާރަފްވުމާއެކު،  މަހުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު މަސްވެރިންގެ މައްޗަށް އޮތީ، މިކަންކަން އިތުރަށް ފުޅާދާއިރާއެއްގައި ގެންގުޅުމުގެ ޒިންމާގެ އިތުރުން ސަޕްލައި ޗޭންގައި ހަރަކާތްތެރިވާ އެންމެންނާއި ގުޅިގެން މަސައްކަތް ކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން އެން ރައްކާކޮށް، ދިގު މުއްދަތަކަށް ގެންގުޅުމަށް ކުރިމަތިވެފައިވާ މައްސަލައަށް ހައްލު ލިބޭނެކަމަށް ފާހަގަކޮށް ވަޒީރު ވިދާޅުވީ، އެއެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެން ތިން އުޅަނދެއްގައި ފެށި ޕައިލެޓް ޕްރޮގްރަމަކީވެސް ކާމިޔަބު ޕްރޮގްމެއްކަމަށެވެ.

މި ކާމިޔާބީގެ މައްޗަށް ބިނާކޮށް، ވަރަށް އަވަހަށް މި އާ އުފެއްދުން ހިމެނޭ ގޮތަށް އަންނަ އޮތް ޖީލުގެ މަސްވެރި އުޅަނދު ޑިޒައިން ކުރުމަށް ހުށަހެޅުންތައް ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރު ހުރި އުޅަނދުތަކަށް ބެއިޓް ޓޭންކް ރެޓްރޯފިޓް ކުރުމަށް %40 މެޗިންގ ގްރާންޓް ފެސިލިޓީއެއް ތައާރަފްކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިއީ ޚަރަދު ކުޑަ އަޕްގްރޭޑެއްކަމަށާއި، އޭގެ ސަބަބުން އުޅަނދުތަކައް ކަނޑުގައި ގިނަ ދުވަހު ތިބެވޭނެކަމަށާއި، އެކަމުގެ ސަބަބުން ތެޔޮ ބޭނުންކުރުން މަދުވެ، ވަސީލަތްތައް ރަނގަޅުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މައްދޫ، ނިލަންދޫ އަދި ދިއްގަރުން ވެލިއު އެޑެޑް ޕްރޮޑަކްޓްތައް ތަރައްޤީ ކުރާނެކަމަށާއި، މި އުފެއްދުންތައް ލޯކަލް އަދި ބައިނަލްއަޤްވާމީ މާކެޓްތަކަށް ގެނައުމަށްޓަކައި، ފެންވަރާއި ރައްކާތެރިކަމުގެ ޔަޤީންކަން ދީ، އެކުގައި މަސައްކަތް ކުރަމުން ގެންދިއުމަށް ބާރުއަޅާނެކަމަށެވެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ވެލިއު އެޑިޝަން އިތުރުކޮށް، ކަނޑުގެ ވަސީލަތްތަކުން އިޖްތިމާޢީ އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ މަޝްރޫޢުގެ ސަބަބުން އޮޕަރޭޝަނަލް ކޮސްޓް ކުޑަ ކުރެވި، އުފައްދާ އުފެއްދުންތައް ރަނގަޅަށް ބެލެހެއްޓި، ތަފާތުކޮށްގެން އާމްދަނީ ރަނގަޅުކުރުމަށް މަގުފެންނަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެގެ މަސްވެރިކަމުގެ ސިނާއަތަށް ޗަޕާނުން ދެމުން އަންނަ އެއްބާރުލުން ފަހަގަ ކުރައްވާ، ވަޒީރު ވިދާޅުވީ ޖަޕާނަކީ ޓެކްނިކަލް އެޑްވައިޒަރެއްކަމަށާއި، މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާއި، ފެންވަރާއި، ދުނިޔޭގެ ވާދަވެރިކަން ކުރިއެރުވުމުގައި ސްޓްރެޓެޖިކް އަދި އިތުބާރުހުރި ބައިވެރިއެއްކަމަށެވެ.

މީގެ އިތުރުން، ޖަޕާނުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ރާއްޖެއާއިއެކު މުހިންމު ދައުރެއް އަދާކުރަމުންދާއިރު، ޓޫނާގެ ވަސީލަތްތައް ދިގުމުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: