ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލިސްޓް ވިންގް ރައީސް އިފްތިތާހުކޮށް ދެއްވައިފި

މަލްޓި-ސްޕެޝަލް ވިންގު ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ: ަރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ގާއިމްކޮށްފައިވާ މަލްޓި-ސްޕެޝަލިސްޓް ވިންގް ރައީުސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

މިއަދު އިފްތިތާޙުކޮށްދެއްވި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެއެވެ. މި ވިންގާ އެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެނދުގެ ޖުމުލަ ޢަދަދު މިވަނީ 510 އަކަށް އިތުރުކުރެވިފައެވެ.

މިއަދުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްޙީ ދާއިރާގެ ކުރިއެރުމަށް ރައީސް ދެއްވާފައިވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. މާލެ ސަރަޙައްދުގެ ސިއްޙީ ބިނާރު ކުރިއެރުވުމުގެ ގޮތުން، ފާއިތުވެ ދިޔަ ދޮޅު އަހަރު ދުވަހު އައި.ޖީ.އެމް.އެޗަށް 194 އެނދު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، ކަމާގުޅޭ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.

ބިނާރެކޭ އެއްފަދައިން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމަށްވެސް އެމަނިކުފާނު އިސްކަންދެއްވާކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ. އެގޮތުން ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގައި ޢަބްދުއްރައްޒާޤު ހާމަކުރެއްވިއެވެ.

މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކުރެއްވުމަށް ފަހު ރައީސް ވަނީ އެ ވިންގް ބައްލަވާލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް އާއި އެކި ސަރުކާރުގެ އެކި ބޭފުޅުން ވަނީ ބައިވެރިވަޑައިގެންފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: