ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުށައެޅި އާރުޓީއައިއަށް ޖަވާބުދީފައިވަނީ ރަނގަޅަށް ނޫންކަމަށް މިނިސްޓަރ މުއްތަބިލު ވިދާޅުވެއްޖެ

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ރަށްރަށުގެ މަގުތަކުގައި އެކި ކުލަކުލައިގެ ގައު ޖަހަން އެދިފައިވަނީ ކޮން ރަށްރަށެއްގައިތޯ ބެލުމަށް ހުށަހެޅި އާރުޓީއައި ރިކުއެސްޓަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖަވާބު ދީފައިވަނީ ރަނގަޅަށް ނޫންކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ބައެއް ރަށްރަށުގެ މަގުތަކުގައި އެކި ކުލަކުލައިގެ ގައު ޖަހަން އެދިފައިވާ ކަމަށް ވިދާޅުވެފައިވާތީ، އެއީ ކޮން ރަށްތަކެއްތޯ ބެލުމަށް އާންމު ފަރާތަކުން ރައީސް އޮފީހަށް އާރުޓީއައި ރިކުއެސްޓެއް ހުށަހަޅާފައިވެއެވެ.

އެ ރިކުއެސްޓަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފޮނުވި ޖަވާބުގައި ބުނެފައިވަނީ ކުލަ ކުލައިގެ ގައު އަތުރަން އެދި މިހާތަނަށް އެއްވެސް ރަށަކުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ރައީސް ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެފަދަ މަޝްވަރާއެއް ކުރެވިފައިވެދާނެ ކަމަށް އެ ޖަވާބުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މިނިސްޓަރ މުއްތަލިބު ވިދާޅުވި ގޮތުގައި މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން އއ. ތޮއްޑޫއިން ވަނީ މިއަހަރުގެ ޖަނަވަރީ 8 ވަނަ ދުވަހު ރަސްމީ ސިޓީއަކުން އެކަމަށް އެދިފައެވެ.

މީގެ އިތުރުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވެއެވެ.

މިނިސްޓަރ މުއްތަލިބު ވަނީ އިންފޮމޭޝަން އޮފިސަރު ދީފައިވާ ޖަވާބު އިސްލާހުކޮށް، އަލުން ޖަވާބު ދިނުމަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: