ހައްޖާޖީންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދުނީ ސަރުކާރުގެ ހާރުޖީ ސިޔާސަތުގެ މޮޅުކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހަރުގެ ޖްލސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މުޅި ދުނިޔެއިން 8 ގައުމަކަށް ލިބިގެންދިޔަ ފުރުސަތެއް މި ކުޑަ ދިވެހިރާއްޖެއަށް ލިބިގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރީޖީ ސިޔާސަތުގެ މޮޅުކަމުން ކަމަށެވެ. މީގެއިތުރަށްވެސް ރައީސް ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރަށު ކައުންސިލްތަކާއި ބައްދަލުކޮށް އެވާހަކަ ރައްޔިތުންނަށް ތަކުރާރުކުރެއްވުމުން އައު ވައުދުތަކެއް ވެޑައިގަންނަ ކަމަށް ބުނާ ކަމަށް ޝާހިދު ވިދާޅުިއެވެ.
އެހެންނަމަވެސް ރައީސް ވައުދުވެވަޑައިގަންނަނީ ވައުދު ފުއްދަވަން ކަމަށް ޝާހިދު ވިދާޅުވިއެވެ. ވެރިއަކަށް ވަނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށާއި، ވެރިއަކީ ހަމައެކަނި އޭސީ ކޮޓަރިއެއްގައި ނިދާލުން ނޫން ކަމަށް ޝަހިދު ވިދާޅުވިއެވެ.
”ދުވާލަކު 4، 5 އިވެންޓު ހުޅުމާލެއިން، ވިލިމާލެއިން ރަސްފަންނުން، އަޅުގަނޑުވެސް މިހާރު ބަލަނީ ނޫހުން. ފޯނު އޮންނާތީ ބެލެނީ އެހެންނޫނީ ނުބެލޭނެ. އެހާވެސް ކުޅަދާނަ. އެހާވެސް ކެތްތެރި. އެހާވެސް އިހޮލާސްތެރިކަމާއި އެއްކޮށް ރައްޔިތުންނަށް ހިދުމަ ކޮށްދިނުމުގެ ރޫހުގައި އެ ނިޔަތުގައި ރައީސުލްޖުމްޙޫރިއްޔާ ހުންނެވީ“
ކޯޓުތަކަށް އަތް ނުބާނާނެ ކަމަށާއި އަދި އަނިޔާވެރި ނުވާނެ ކަމަށް ވަރަށް ފަހުންވެސް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވިއެވެ. ކަންކަން ދާނީ އެ އޮންނަ އުސޫލުގެ ތެރެއިން، އަދި ގަވާއިދުގެ ތެރެއިން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރު އައުމާއިއެކު ކޮރަޕްޝަން އޮންނާނީ ތަޅުލާފައި ކަމަށާއި، ކޮރަޕްޝަން ހިންގަން މިސަރުކާރުން ޖާގަވެސް ނުދޭކަމަށް ޝާހިދު ވިދާޅުވިއެވެ.

