ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދު ދޫކޮށްލީ ހުކުމަށް ވުރެ ބަންދުގެ މުއްދަތު ދިގުވެދާނެތީ: ޕީޖީ

ރައުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކާރަށް އަރުވަނީ. ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތެއްގެ 09 ވަނަ ފަންގިފިލާގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުގައި ހުރި ރައުދު އަހުމަދު ޒިލާލު ދޫކޮށްލުމަށް އިރުޝާދު ދިނީ ކުށް ސާބިތުވާ ހާލަތެއްގައި އަންނާނެކަމަށް ބެލެވޭ ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހުރުމުގެ ފުރުސަތު އޮތުމުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ރައުދު އަނެއްކާވެސް ބަންދުން ދޫކޮށްލާފައި ވަނީ، އޭނާ ހައްޔަރުގައި އިޖުރާއަތުތައް ފުރިހަމަ ނުވެ ހުރުމުގެ ސަބަބުން ދޫކޮށް އަލުން ހައްޔަރު ވެސް ކުރުމަށް ފަހު އެވެ. އަދި އޭރު ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން ޖެހީ ވެސް ފަސް ދުވަހެވެ.

ރައުދު ބަންދުން ދޫކޮށްލި އިރު، އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ވެސް އޮތީ ފޮނުވާފަ އެވެ. އަދި ރައުދުގެ މައްޗަށް ހިނގަ ހިނގާ އޮތް ދެ އަމުރު އެބައޮތްކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ކަންބޮޑުވުންފާޅު ކުރި އެވެ.

ރައުދު ބަންދުން ދޫކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފައަށްކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވާތީ އެކަމަށް އެ އޮފީހުގެ މީޑިއާ އޮފިސަރ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ ވަންދުން ދޫކުރުމަށް އެދުނީ ބަންދުގައި ހުރި މުއްދަތު ރައުދުގެ މައްޗަށް އަންނާނެކަމަށް ބެލެވޭ ހުކުމަށް ވުރެ މުއްދަތު އިތުރުވެދާތީ ކަމަށެވެ.

ޝަފީއު ވިދާޅުވި ގޮތުގައި އެފަދަ ހާލަތުގައި، އާންމުކޮށް އަމަލު ކުރާ އުސޫލަކީ އެއީ އެވެ.

ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ނެރުނު އަމުރުގައި ވާގޮތުގައި، އެރޭ ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ ހިއްސާއެއް ވެދާނެކަމަށް ތުހުމަތުކޮށްފައިވާއިރު، މައްސަލައިގެ އައިއޯއާއި ހަވާލާދީ ކޯޓު އަމުރުގައި ވަނީ ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވެ ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭކަމަށާއި ”ވެއްޓުނީކަމަށް ބެލެވޭކަމަށް“ ބުނެފަ އެވެ.

ރައުދު ހައްޔަރު ކުރީ އޭނާއަކީ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު ހުރި މީހާކަމަށްވުމާއި އެކު، އޭނާއާއި ސުވާލު ނުކުރާތީ އިހުތިޖާޖު ވެސް ކުރަމުން ދަނިކޮށެވެ. އަދި މަސްތުވާތަކެއްޗެއް ވެސް ޕޮޒިޓިވެފައި ވާތީ އެ މައްސަލަ ކުރިޔަށް ގެންދޭތޯ ސުވާލު އުފެއްދި އެވެ.

މަސްތުގެ ހާލަތުގައި ތިބެ ރައުދުއާއި، ޔުމްނު އެރޭ ވަދެފައިވާ ފެންޓެނޯއީއަކީ ދެ މީހުންނާއި ވެސް ގުޅުމެއް ނެތް ގެއެއްކަމަށް ފުލުހުން ބުނެ އެވެ. އެރޭ ދެ މީހުން އެ ގޭގެ ބައެއް ފްލޯތަކުގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުލުހުން އާންމު ކުރި ނަމަވެސް އިތުރު ބައެއް އެގޭގައި އުޅުނުކަމަށް ވާހަކަ ދެކެވުނެވެ.

މި މައްސަލައިގައި އާއިލާއިން އާންމު ކުރި ޕްރެސް ވީޑިއޯއެއްގައި ޔުމްނުއާއި ހަވާލާދީ ބުނި ގޮތުގައި އެއީ ކުރިން އޭނާ ގޮސް އުޅުނު ގެއެކެވެ. އަދި އެރޭ އެގޭގައި ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ވެސް އުޅުނުކަމަށް ވަނީ ބުނެފަ އެވެ. އާއިލާއިން ބުނެފައި ވަނީ ފެންޓެނޯއީއަށް އައުމަށް ގޭގެ ލޮކޭޝަން ޔުމްނުއަށް ފޮނުވީ ޔައްސާރެވެ.

ޔައްސާރަކީ ހާދިސާ ހިނގި ދުވަހުގެ ރޭގަނޑު 12:00 ހާއިރު މއ. މާންދޫގެ ދެކުނުގޭގައި ޔުމްނުއާއި ރައުދު ހިމެނޭ ގޮތަށް އެއްކޮށް އުޅުނު ގުރޫޕުގައި ހިމެނޭ އެކަކެވެ.

ޔައްސާރުގެ އިތުރުން އެހެން އިތުރު ހަތަރު މީހަކު އުޅުނުކަމަށް ބުނި ނަމަވެސް، އާއިލާއިން އޭނާގެ ނަން ފިޔަވައި އިތުރު ބައެއްގެ ނަން ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި އޭރޭ އެ ދެ މީހުންނާއި އެކު އުޅުނުކަމަށް ފުލުހުން ބުނާ 8 މީހެއްގެ ޕާސްޕޯޓާއި ފޯނު ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފަ އެވެ. އަދި އެ އެންމެންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: