ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކުން މަސައްކަތް ކުރަނީ، މި ސަރަހައްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމަށް: ޝަރީފް

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ -- ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލް މަސައްކަތް ކުރަމުން ދަނީ މި ސަރަހައްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު ބޭންކުން ޓެކުހަށް ކެނޑުމަށް ފަހު ހޯދި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު ކަމަށެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުމްލަ އެސެޓް ހުރީ 48 ބިލިއަން ރުފިޔާއަށްވުރެ މަތީގައި ކަމަށްވާއިރު ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަންގައި ހުރި އިރު މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58 އިންސައްތަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިކަމުން ދޭހަކޮށްދެނީ ކަސްޓަމަރުން ބީއެމްއެލް ކުރައްވާ އިތުބާރު ކަމަށް ޝަރީފް ވިދާޅުވިއެވެ. ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 58 އިންސައްތައިގައި ކަމަށާއި މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއް ކަމަށާއި އަދި މި އަދަދުތަކުން ބީއެމްއެލްގެ ހަރުދަނާ މާލީ ހާލަތު ހާމަކޮށްދޭ ކަމަށް އެމްޑީ ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް  ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ސިނާއަތުގައި ޚިދުމަތުގެ މިންގަނޑު ކަނޑައެޅުމެވެ. މި ގޮތުން ޝަރީފް ވިދާޅުވީ މިހާރު ބޭންކުގެ މާލީ މުއާމަލާތްތަކުގެ 99 އިންސައްތަ ހިންގަނީ ބީއެމްއެލްގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށވެ. އެއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތް ކަމަށާއި އަދި މި މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މަތި ކަމަށް ވިދާޅުވިއެވެ.

ބޭންކުގެ ކުރިމަގަށް އަލިއަޅުއްވާލައްވައި ޝަރީފް ވިދާޅުވީ ބީއެމްއެލް މަސައްކަތް ކުރަމުން ދަނީ މި ސަރަހައްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ކަމަށެވެ. އަދި ބީއެމްއެލްގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް ހުރި ކަމަށް ވިދާޅުވިއެވެ. ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރާ ޓީމަކީ، އަބަދުވެސް ކުންފުނީގެ އެންމެ މުހިންމު ރައުސުލްމާލު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ކުންފުނީގެގެ ވަފާތެރި މުވައްޒަފުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އެ މުވައްޒަފުންގެ ވަފާތެރިކަމާއި، ބުރަ މަސައްކަތުން ކޮންމެ ދުވަހަކުވެސް ބޭންކު ކުރިއަށް ދަނީ ބާރު ދުވެލީގައި ކަމަށް ވިދާޅުވިއެވެ. ބީއެމްއެލްގެ މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމުން، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރުވެރިކަމެއް ލިބޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: