ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޕިންގ އޭޖެންޓުންނާއި، ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ސަމާލުވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެދިއްޖެއެވެ.

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކުރާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް އޮގަސްޓް މަހުގެ ތެރޭގައި އިފްތިތާޙުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދެއްވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް ސިންގަލް ވިންޑޯ“ ޓްރޭޑިއަން“ ޕްލެޓްފޯމުގައި ރަޖިސްޓްރީވުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެގޮތުން ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީ ކުރުމާއި ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުން، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން ( އީ.ޓީ. އޭ / އީ.ޓީ.ޑީ )، ސީ ކާގޯ މެނިފެސްޓް ހުށަހެޅޭނީ ނޭޝަނަލް ސިންގަލް ވިންޑޯ “ ޓްރޭޑިއަން“ ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްއަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަޤުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

މި ޕްލެޓްފޯމްގެ ސަބަބުން ވިޔަފާރި ކުރުމުގައި ހުށަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހައިން ހުށައެޅުމާއި ދެފުށްފެންނަ އުސޫލަކުން މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ. އަދި މިއީ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތައް ގުޅުވާލަދޭނެ ޕްލެޓްފޯމަކަށްވެސް ވެގެންދާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: