ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯސްޓުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

ޕިކްޕޯސްޓް ހިދުމަތް ބޭނުންކުރާ މަންޒަރު. ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދިއްޖެއެވެ.

ޕޯސްޓުން ބުނީ، އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށާއި، އެހެންކަމުން ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށް، ލިންކުތަކަށް ނުފިތުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެހެންނަމަވެސް ސްކޭމް ކުރުމަށްޓަކައި ޕޯސްޓުގެ ނަމުގައި އެކި މީހުންނަށް މެސެޖުތައް ކުރުން ވަނީ އާންމުވެފައެވެ.

ސްކޭމްގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވެފައިވާއިރު، ސްކޭމް ކޮށްގެން، ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދި އެންޓި ސްކޭމް ސެންޓަރުން ވަނީ ޝައްކު ހިތުގައި އުފެދޭނަމަ، ޔަޤީންކުރުމަށްވެސް އެދިވަޑައިގެންފައެވެ. ސްކޭމްއިން ރައްކާތެރިވުމަށް ހުރިހާ ފަަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެއްވެސް ލިންކަކަށް ނުފިއްތެވުމާއި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ. މި މެސެޖް އެހެން ފަރާތްތަކަށް ވެސް ހިއްސާ ކޮށްދެއްވުމަކީ އެންޓި ސްކޭމް ސެންޓަރުގެ ވަރަށް ބޮޑު އެދުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: