ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބިފައިވާ މީހުންގެ ފްލެޓު އަތުލައިގެން ނުވާނެކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ހުސައިން ވިދާޅުވީ، މި މުއާމަލާތަކީ ހަގީގަތުގައި ނިމިފައިވާ މުއާމަލާތެއް ކަމަށާއި، 4000 ފްލެޓު އެވަނީ 4000 މީހުންނަށް ނުވަތަ 4000 ފަރާތާ ހަވާލުކުރެވި ނިމިފައި ކަމަށެވެ. އެހެންކަމުން ލިޔެކިއުމުން ފްލެޓު އެއޮތީ ހަވާލުކުރެވިފައި ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ސަރުކާރުން ބޭނުންވުމުން ފްލެޓުތައް އަތުނުލެވޭނެ ކަމަށާއި، ފްލެޓުގެ ވެރިންނަށް ދައުލަތާ ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކޮށްފައިވަނީ ވަކި ޚާއްސަ އުސޫލެއްގެ ދަށުން ކަމަށާއި، އުސޫލާއި، ލިސްޓް ގެޒެޓްކޮށްފައިވާކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ފްލެޓު ލިސްޓު ރިވިއު ކުރުމަށްފަހު މި ސަރުކާރުން އާންމު ކުރި ލިސްޓަށް ވެސް ވަރަށް ބޮޑެތި ފާޑުކިއުންތައް އައެވެ. އެކަމަކު އެއަށް ރައްދު ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ ނުފޫޒެއް ނޯންނާނެކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ މިފަދަ އެއްވެސް ނުފޫޒަކާއި ނުލައި ލިސްޓު އާންމު ކުރި ފުރަތަމަ ސަރުކާރަށް ވާނެކަމަށެވެ.
ރައީސް ވިދާޅުވީ ލިސްޓު އާންމުކޮށްފައި ވަނީ އޭސީސީ ބަލަން ޖެހޭ ކަންކަން ބަލައި، ގެދޮރުވެރިޔާ ސްކީމްގެ ޝަރުތުތަކާއި ޕޮއިންޓު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ ލިސްޓުގައި ނަން ކުރިން އޮވެ، މިހާރު އުނިވެފައިވާނަމަ އެ ސަބަބު އެނގެން އޮންނާނެކަމަށެވެ.
ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގު ވެރީންނަށް ފްލެޓް އެކަށައެޅުމަށް ފަހު، ބާކީ ފްލެޓް ހުރިނަމަ، ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަޙައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ

