ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ދޭނީ މިދިޔަ ސަރުކާރުގެ ލިސްޓަށް، އުނިވާނީ ޝަރުތުހަމަނުވާ މީހުން އެކަނި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓު ދޫކުރާނީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ލިސްޓަށް ކަމަށާއި، ހަމައެކަނި އެ ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާ ފަރާތްތައްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި މަތީގައި ދެމިހުންނަވާނެ ކަމަށެވެ. އެގޮތުން ބަލާއިރު، ބޯހިޔާވަހިކަމުގެ މައްސަލައަކީ އެންމެ އިސްކަމެއް ދެއްވާ އެއް މައްސަލަކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެންމެ ބޮޑެތި ވައުދުތަކެއްވެސް ވެވަޑައިގެންފައިވާނީ ބޯހިޔާވަހިކަމާ ގުޅޭގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޝަރުތު ހަމަވާ އެންމެންނަށްވެސް ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށާއި، މިދިޔަ ސަރުކާރުން ދިން ލިސްޓާ އެއްގޮތަށް ދޫކުރާއިރު، އުނިވާނީ ހަމައެކަނި ޝަރުތު ހަމަނުވާ ފަރާތްތައް ކަމަށެވެ.

މި ނިންމި ނިންމުމަކީ މިދިޔަ ސަރުކާރުން ދިން ލިސްޓު، އެ ލިސްޓު އޮތް ގޮތަށޭ އަޅުގަނޑުމެން ކުރިއަށްދާނީ، ދެން އެ ލިސްޓުގައި އޮޅުވާލާފައި ޝަރުތު ހަމަނުވާ މީހަކު ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައި އޮވެއްޖެއްޔާ އެމީހަކު އުނިވާނެ، އެގޮތަށް ކުރިއަށްދާނީ

މިދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތަށް މި މަސައްކަތް ކުރިއަށް ގޮސްފައިވާއިރު، އެކި ފަރާތްތަކުގެ ލަފަޔާއި މަޝްވަރާވެސް ހޯދާފައިވާނެ ކަމަށެވެ. އެ ކަންކަމުގެ ތެރެއިން ރައްޔިތުންނަށް ލިބުނު ތަކްލީފުތަކަށް މާފަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފްލެޓުތައް ދޫކުރުމުގެ ކަންކަން މިހާރު އެގޮތަށް ކުރިއަށް ދިއުމަށް ފައިނަލްވެފައިވާ ކަމަށެވެ. އެހެންކަމުން ދެން ފްލެޓު ދޫކުރާނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު 2023 ގައި އޭރު ނެރުނު ލިސްޓަށެވެ.

މައްސަލަތައް ބަލައި، ހައްގު ވެރީންނަށް ފްލެޓް އެކަށައެޅުމަށް ފަހު، ބާކީ ފްލެޓް ހުރިނަމަ، ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަޙައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: