ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ރާއްޖޭގައި ސިއްހީ ދާއިރާއިން 1200 އެއްހާ ވަޒީފާ ދެވިއްޖެ: ރައިސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ސަރަހެއްދެއް އެއްކޮށްލައިގެން 1200 އެއްހާ ވަޒީފާ ސިއްހީ ދާއިރާއިން ދީފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހާއްސަ އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ ތެރެއިން 2 ވަނައަށް އެންމެ މުހިންމު ސިޔާސަތު ކަމަށެވެ.

އެގޮތުން މި ދާއިރާގައި ވަޒީފާ ދެވުނު އަދަދަށް ބެލިނަމަވެސް މާލެއިން އެކަނިވެސް 700 އަށް ވުރެ ގިނަ ވަޒީފާ ދެވިފައިވާ ކަމަށް ވިދާޅުވިއެވެ. މުޅި ރާއްޖެއިން މިދާއިރާގައި ވަޒީފާ ދެވުނު އަދަދު ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ދުވަހަކުވެސް ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ދާއިރާ ޑިޖިޓަލައިޒް ކުރެވޭ ތަން ފެނިގެން ދާނެ ކަމަށެވެ. މޯލްޑިވްސް 2.0 ގެ މި ގައުމީ ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރެވޭނީ ސިއްހީ ދާއިރާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ޕްރައިވެޓް ކްލިނިކް ތަކުން ޓެސްޓު ހަދަނީ ނޫންތޯ، އެ ޑޭޓާ ނުލިބޭ ނޫންތޯ. މިކަން ކުރީމާ އެއްވެސް މީހަކަށް ނުފޮރުވޭނެ ދެން ޑޭޓާއެއް. ގާނޫނެއް މިހަދަނީ މިކަމަށް. މޯލްޑިވްސް 2.0 ގާނޫނު އަންނާނެ. ރާއްޖޭގައި ނުހުންނާނެ މި ގާނޫނު އެޕްލައި ނުވާނެ އެކަކުވެސް. އެހެންވީމާ ޕްރައިވެޓް ސެކްޓާރއެއް އެހެންތަނެއް ބަލާނެ ކަމެއް ނެތް، ސިއްހީ ދާއިރާގެ އެމީހެއްގެ މި ޑިގިޓަލް އައިޑީ ނިޒާމުގެ ތެރެއިން އެމީހާގެ ޑޭޓާ ހުންނާނީ ހޯދިފައި. އެހެންވީމާ ފަރުވާ ދޭ މީހާއަށް ވަރަށް ފަސޭހަ ވާނެ“

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ ތެރެއިން އަދިވެސް ބައިވަރު ކަންކަން ކުރަން ހުރި ކަމަށެވެ. މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތްކުރާ ޑޮކްޓަރުން، ޕޭޝަންޓުން ބަލާ އަދަދު އިތުރުކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ކިޔަވައިދީފައިވާ ޑޮކްޓަރުން ޕްރައިވެޓް ކްލިނިކް ތަކުގައި މައި ހޮސްޕިޓަލް ދޫކޮށްލުމަށް ފަހު ގޮސް ކުރާ މަސައްކަތް ބަލައި، އެކަން ކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން ކޮންމެ ޕޭޝަންޓަކަށްވެސް ކޮލިޓީ ރަނގަޅު ޓްރީޓްމަންޓަކައި އެކު ގިނަ މީހުން ބެލޭނެ ނިޒާމެއް ގެންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: