ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމްތަކުގެ ސަބަބުން ގެއްލުނު އެއްލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ހަފްތާގައި ރާއްޖޭގައި ހިނގި އެކި ބާވަތުގެ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 18 އިން 30 އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 899,348.43 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 147,132.00 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

8 މައްސަލައިގައި ޖުމުލަ ގެއްލުނު ފައިސާ އަނބުރާ ހޯދިފަވާއިރު 3 މައްސަލައެއްގައި އެކިމިންވަރަށް އަނބުރާ ފައިސާ ހޯދިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ރިޕޯޓްކުރެވުނު ސްކޭމްގެ ބާވަތްތައް:

އީ-ކޮމާސްގެ – 25 މައްސަލަ

ބޭރު ފައިސާ މާރުކުރުމުގެ – 10 މައްސަލަ

ވިޝިންގ ސްކޭމް (ފޯނުން ގުޅައިގެން) – 4 މައްސަލަ

ފިޝިންގ ލިންކް ބޭނުންކޮށްގެން – 2 މައްސަލަ

އެހެނިހެން – 3 މައްސަލަ

ސްކޭމްކުރަން ބޭނުންކޮށްފައިވާ މައިގަނޑު ވަސީލަތްތައް:

• ފޭސްބުކް މާކެޓްޕްލޭސް – 18 މައްސަލަ

• ވައިބަރ – 11 މައްސަލަ

• ފޯންކޯލް – 4 މައްސަލަ

• އައިބޭ – 4 މައްސަލަ

• އެހެނިހެން ޕްލެޓްފޯމްތައް – 7 މައްސަލަ

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމާއި އޯޓީޕީ އަދި ޒާތީ މަޢުލޫމާތު ހިއްސާނުކުރުމާއި ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުން އަދި ވިޔަފާރި ނުވަތަ ފައިސާމާރުކުރުމުގައި ހުއްދަ އޮންނަ ފަރާތްތަކާއި މުއާމަލާތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: