ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތް ކޭމްޕްގައި ޒުވާނުންނަށް ދަސްވީ ފިލާވަޅުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެކަމަށް އުންމީދު ކުރަން: މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބޭއްވި ޔޫތް ކޭމްޕް/ ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުޑަގިރީގައި ކުރިޔަށް ގެންދިޔަ މި އަހަރުގެ ޔޫތް ކޭމްޕް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި 65 ޒުވާނުން ބައިވެރިވި އެވެ.

ކޭމްޕްގެ މައުލޫމާތު ހިއްސާކޮށް ޔޫތް މިނިސްޓްރީން ބުނީ މި ކޭމްޕުގައި ތަފާތު ގިނަ ކުޅިވަރުތަކާއި ދިރިއުޅުމުގައި ބޭނުން ހިފޭނެ ތަފާތު ހުނަރުތައް ވަނީ ކޭމްޕުގެ ބައިވެރިންނަށް ދަސްކޮށްދީފައި ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ސްޓޭޓް އަލީ ޝައްމާން ވިދާޅުވީ ކޭމްޕުން ދަސްވި ފިލާވަޅުތަކުގެ ބޭނުން ބައިވެރިން ހެޔޮ ގޮތުގައި ކުރާނެކަމުގެ އުންމީދު ކުރާކަމަށެވެ. އަދި މިފަދަ ކޭމްޕެއް ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވުމުގެ މަގްސަދަކީ އެއީކަން ވެސް ފާހަގަކުރެއްވި އެވެ.

ޝައްމާން ވިދާޅުވީ ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި، ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް އެދޭކަމަށެވެ. އަދި ވިދާޅުވީ ޔޫތް ކޭމްޕް ކުރިޔަށް ގެންދަނީ ޒުވާނުންނާއި ވީހާވެސް ގުޅޭގޮތަށް، މަޖަލުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް އެ ސަކަރާތުގެ ތެރެއިން ވެސް ދަސްކޮށްދެނީ ވަރަށް އަގުހުރި ގިނަ ފިލާވަޅުތަކެއްކަން ޝައްމާން ފާހަގަކުރެއްވި އެވެ.

އެހެންވީމަ ތި ދަސްވީ އެއްޗެއްގެ ބޭނުން ރައްޓެހިންނާއި އެކީގައި އުޅޭއިރުގައި ގޭތެރޭގައި މައިންބަފައިންނާއި އެކީގައި އުޅޭއިރުގައި އެ ހުނަރުތައް.. އެ ތަމްރީނުތައް.. ބޭނުން ކުރަން ޖެހޭ.. އެއީ މި އެކްޓިވިޓީގެ ބޭނުމަކީ، ދަސްވީ އެއްޗެއްގެ ބޭނުން ހިފައިގެން ކުރިޔަށް ދިއުން..

ޝައްމާން ވިދާޅުވީ ސްކޫލު ދައުރު ނިންމައި މުޖްތަމައުގެ ތެރެއަށް ނިކުންނައިރު، ވަރަށް ގިނަ ކަންކަން އަލަށް ދިމާވާނެކަމަށެވެ. އެހެންކަމުން ދިރިއުޅުމުގައި ކުރިޔަށް ދާނެ ގޮތާއި މެދު ނަސޭހަތާއި ހެޔޮ ބަސް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

މިފަދަ ޕްރޮގްރާމްތަކުން ބޭނުން ވަނީ ޒުވާނުންނަށް އެކަންކަން ކިޔައިދީ، ދަސްކޮށް ދިނުންކަމަށާއި ޒުވާނުންގެ މިނިސްޓްރީގެ ހައިސިއްޔަތުން އެ އެހީތެރިކަން ދިނުމަކީ އޮތް ޒިންމާއެއްކަމަށް ޝައްމާން ވިދާޅުވި އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ޝަމްއާން ވަނީ ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ގެ ހާއްސަ މެސެޖެއް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ޒުވާނުން ބޭނުންވާ ކޮންމެކަމެއްގައި އެކުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވާކަން ޝައްމާން ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.

ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: