ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކެޓެނޭޓް މަޝްރޫއު“ ގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުން ބާއްވައިފި

ސްޓިއަރިންގ ކޮމިޓީގެ ތެރެއިން/ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މުރަކަތާއި ތިމާވެށި ރައްކޭތެރިކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެްދާ ކެޓެނޭޓް މަޝްރޫއުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި މުހިންމުކަމަށް ބަލައިގަންނަ ދިވެހިރާއްޖޭގެ މުރަކަތަކާއި އެއާއި ގުޅިފައިވާ ނާޒުކު ވެށި ރައްކާތެރިކޮށް ދެމެހެއްޓުމެވެ. އެގޮތުން، މި މަގްސަދު ހާސިލުކުރުމަށްޓަކައި އެކުލަވާލެވުނު ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މަޝްރޫއުގެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ބައްދަލުވުމުގައި ވާހަކަދައްވަމުން މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ރާއްޖޭގެ މުރަކަތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.

މި މަޝްރޫގެ ދަށުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ މުރަަކަތަކާއި ކަނޑުގެ ދިރުންތަކާއި ގުޅޭ ދިރާސާތައް ހަދާ، އެތަންތަން ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ އެންމެ އެދެވޭ ފިޔަވަޅުތައް ވަނީ ރޭވިފައިކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި މި މަޝްރޫއުގެ ދަށުން ރާއްޖޭތެރެ އެކި ރަށްތަށުގައި ކަނޑުގެ ދިރުންތަކަށް މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމްތައްވެސް ހިންގުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމާއި ގުލިގެން ސްޓިއަރިންގ ކޮމިޓީގެ މެމްބަރުން ފާހަގަކޮށްފައިވާގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި މަސްވެރިކަމަށްވެސް ކުރިއަށް އޮތް އަހަރުތަކުގައި ފައިދާތަކެއް ކުރާނެކަމަށެވެ، އަދި މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އެއްބާރުލުން ވަރަަށް މުހިންމުކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: