ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

(ދެކުނު ކޮރެޔާ)ގެ އިންތިޚާބީ ރައީސް، ލީ ޗޭއި-މައިޔޮންގް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރިޕަބްލިކް އޮފް ކޮރެޔާ (ދެކުނު ކޮރެޔާ)ގެ އިންތިޚާބީ ރައީސް، ލީ ޗޭއި-މައިޔޮންގް، އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ވިދާޅުވެ، އިންތިޚާބުގެ ނަތީޖާއަކީ، ޤައުމުގެ ހަމަޖެހުން ކަށަވަރުކޮށް، ކުރިއެރުން ދެމެހެއްޓުމަށް އިންތިޚާބީ ރައީސް، ލީގެ ތަޞައްވުރަށް، ދެކުނު ކޮރެޔާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދެނިވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި އިންތިޚާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު ކޮރެޔާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަމަސަލަސްކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެދިވަޑައިގެންފައެވެ.

ދެކުނު ކޮރެއާގައި އިންތިޚާބު ބާއްވާފައިމިވަނީ އެ ޤައުމުގެ ރައީސްކަމުގެ މަޤާމުުގައި ހުންނެވި ޔޫން ސުކް ޔޯލް އަޒުލުކުރުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ.

ޔޫންގެ މައްސަލައިގައި ހުކުމް ކުރުން ޓީވީން ވަގުތުން ގެނެސްދީފައިވާއިރު ކޯޓުގެ އެކްޓިންގް ޗީފް ގޮތުގައި ހުންނެވި މޫން ޔަންގް ބޭ ވިދާޅުވިގޮތުން 8 ގާޒީން ހިމެނޭ ބެންޗުން ޔޫން މަގާމުން އެކަހެރިކޮށްފައިވުން ދަމަހައްޓާފައިވަނީ އެ ގައުމުގެ ގާނޫނުއަސާސީ އަދި ގާނޫނުތަކާއި ހިލާފަށް ކުއްލި ހާލަތު އިއުލާނު ކޮށްފައިވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: