ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ ޑިޒައިނިންގ ފަށަނީ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލު އެޅުމާ ގުޅޭ ޑިޒައިނިންގ މަރުޙަލާ ފެށުމަށް ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފިއެވެ.

މި ހޮސްޕިޓަލު ޤާއިމުކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ ”ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ޕްރޮޖެކްޓް“ގެ ފީސިބިލިޓީ މަރުޙަލާ ނިންމުމަށްފަހު، ޑީޓެއިލްޑް ޑިޒައިން މަރުހަލާ ފެށުމަށްޓަކައި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ ޖޫން 4 ވީ ބުދަ ދުވަހު އެވެ.

މި ރަސްމިއްޔާތުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ކޮންގް ޒިއަންހުއާއެވެ.

މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ޗައިނާގެ ޓީމުގެ ފަރާތުން ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން މަސައްކަތް ކުރުމެވެ.

މި މަޝްރޫއާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވީ، ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށުމަކީ އަމާޒެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި މަޝްރޫއުގެ ޓެންޑަރިންގެ މަރުހަލާ ފުރިހަމަވުމަށް 6 މަސް ދުވަސް ނަގާނެކަމަށާއި، މި 6 މަސް ދުވަސް ތެރޭގައި ޑިޒައިންގެ މަސައްކަތް ނިމި މަސައްކަތް ކުރާނެ ކުންފުންޏެއް ބިޑްކޮށްގެން ޗައިނާއިން ހޯދާނެކަމަށެވެ. އަދި 2025 ވަނަ އަހަރުގެ މެދު ތެރޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށި ދެ އަހަރު ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތް ނިންމާލެވޭނެކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: