ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ްއަމާޒަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ބޭނުންވާ އެހީތައް ފޯރުކޮށްދިނުން: މިނިސްޓަރ

އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ އިފްތިތާހު ކުރުން/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޤްޞަދަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ވާސިލް ވުމަށްޓަކައި، ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު  ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އާބަން ފާމިންގ ގެ ދެވަނަ މަޝްރޫއު ފެށުމާއި ގުޅިގެންނެވެ.

މިނިސްޓަރ ވިދާޅުވީ މާލެ، ސީޓީ ފަދަ، ފަދަ ޖާގައިގެ ދަތިކަންހުރި ތަންތަނުގައިވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި މީހުން އުޅޭކަމަށެވެ. އަދި އޭގެ ތެރެއިން އެއްބައިމީހުން ގަސް ހައްދަނީ ހިތްހަމަޖެހުމަށްޓަކައިކަމަށެވެ. އަދި އަނެއްބަޔަކު ނަފާ ހޯދުމަށްވެސް ގަސް ހައްދާކަމަށެވެ. މިފަދަ މީހުންނަށް ކުރިމަތިވާ ގޮންޖެހުމަކީ ފަންނީ މައުލޫމާތު ނެތުމުގެ އިތުރުން، މާކެޓް ކުރެވޭނެ މަގުތައް ފަހިވެފައިނެތުމެވެ.

އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި ފަރާތްތަކަށް އެހީތެރިވުމަށް، ވިއްކުމުގެ ސްޓްރެޓެޖީތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، އަދި އެ ފަރާތްތަކަށް ގަންނަ ފަރާތްތަކާ ހަމައަށް ވާސިލުވުމަށް އެހީތެރިވެދޭނެ ޚާއްޞަ ޕްލެޓްފޯމެއް އުފެއްދުމަށް.

މިނިސްޓަރ އިތުރަށް ވިދާޅުވީ ލިބެންހުރި ޖާގަތައް އުފެއްދުންތެރިކަމާއެކު އަދި މައުނަވީ ގޮތެއްގައި ބޭނުންކޮށްފައިވާ ގޮތް ފެނުމަކީ ހިތްވަރު ލިބޭކަމެކެވެ.

މި މަޝްރޫޢުގެ ސަބަބުން އެ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމަށް އެހީތެރިވުމުގެ އިތުރުން، ރަށުތެރޭގައި އުފައްދާ ތަކެތި އިޝްތިހާރުކޮަށް މާކެޓް ހޯދި، ދެމެހެއްޓެނިވި ގޮތެއްގައި ޝަހަރީ ދިރިއުޅުން ކުރިއެރުވުމަށްވެސް އެހީތެރިވެދޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: