ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، ހިޔާލު ހޯދަނީ!

ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ވާދަކޮށް ރާއްޖޭގެ ވެރިކަމަށް އައުމުގެ ޝައުގު އެބަހުރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ޑިމޮކްރެޓްސްގެ ބައެއް އިސްވެރިންނަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގު ގެންގުޅުއްވާ ކަމަށެވެ.

ހިޔާލު ހުށަހެޅުމަށް އެދިވަޑައިގެން ފޮނުވި އިތުރު މެސެޖެއްގައި ރައީސް ނަޝީދު ވަނީ، އެ މީހެއްގެ ވިސްނުން ހިއްސާކޮށްގެން ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

އެމްޑީޕީގެ އެތެރޭގައި އެންމެ މައްސަލަތައް ގޯސްވީ ވަގުތު، މަޖިލިސްގެ ރައީސްކަމުން ދުރު ކުރުމަށް އެ ޕާޓީން މަސައްކަތް ފެށުމުން ގިނަ ދުވަހު ޖަލްސާތައް އެ މައްސަލަ އެޖެންޑާ ނުކޮށް ކުރިޔަށް ގެންދެވުމަށް ފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވި އެވެ. އެފަހުން ޕާޓީން ވަކިވެވަޑައިގެން، އަރިސް މެމްބަރުންނާއި އެކު ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ތާއީދުގައި އިންތިހާބުގައި ވާދަކުރި އިލްޔާސް ލަބީބަށް ނާކާމިޔާބުވެ މަޖިލީހުގައި ވެސް އެއްވެސް ގޮނޑިއެއް ނުލިބުމުން އެމަނިކުފާނު ހުންނެވީ ސިޔާސީ ކަންކަމާ ދުރުގަ އެވެ.

އޭގެ ފަހުން މަޑުމަޑުން ސަރުކާރުގެ ކަންކަމަށް ބަސް ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން ރައީސް ނަޝީދު ވަނީ އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: