އީދު ދުވަހުގެ މުނާސަބާގައި އެންމެހާ ދިވެހި ރައްޔިތުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކްސް މެދުވެރިކޮށް އާންމުކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ބަރަކާތްތެރި އަޟްހާ އީދުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ މި އުފާވެރި އީދުގައި އެކުވެރިކަން ބަދަހިކުރުމަށާއި އިޖްތިމާއީ ރޫހު އާލާކުރުމަށްކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ދުވަހުގައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ހިތްހެޔޮކުރުމަށާއި އިހްސާންތެރިވުމަށާއި ލޯތްބާއި އޯގާތެރިކަމުގެ ރީތި ސިފަތަކުން އީދު ޒީނަތްތެރިކޮށްދެއްވުމަށްކަމަށެވެ.

