ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރީން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް: އީދު ހުތުބާ

އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާއަތް 1446 ~ މާލެ، މާފަންނު ސްޓޭޑިއަމް/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޢީދުން އައު ޞަފުޙާއެއް ހުޅުވައިލައި، ތިމާގެ މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށް އީދު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ އީދު ހުތުބާގައި ބުނީ މިއަދު އީދު ފާހަގަ ކުރާއިރު إِبْرَاهِيْم عَلَيْهِ السَّلَامއާއި إِسْمَاعِيْلُ عَلَيْهِ السَّلَام ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން އިބުރަތް ހާސިލުކުރާން ޖެހޭ ކަމަށެވެ. އެއީ މާތް اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއްކަމަށާއި އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް الله އާއި އެކަލާނގެ ރަސޫލާ ގެ އެންގެވުންތަކާ ދުރުހެލިވުންކަމަށް ފާހަގަކުރި އެވެ.

ހުތުބާގައި ބުނީ ހައްޖުގެ އަޅުކަމުން ހަނދާންކޮށް ދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހިމްގެފާނުގެ ވާހަކަ ކަމަށެވެ. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާ ކަމަށެވެ. އަދި އިބްރާހިމްގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގެންނެވި އެ ލޮބުވެތި ދަރިކަލުން ގުރުބާން ކުރެއްވުމަށް މާތްﷲ ކުރެއްވި އަމުރުފުޅަށް އިޖާބަ ދެއްވި ގޮތް ކަމަށެވެ.

ހުތުބާގައި ބުނީ މިއީ މާތްﷲ ގެ އަމުރުގުޅަށް ކިޔަމަންވެވަޑައިގަންނަވާ މިންވަރު ބެއްލެވުމަށް އެ ދެބައިކަލުންނަށް ކުރިމަތި ކުރެއްވި އިމްތިހާނެއްކަމާއި ކޮންމެ ކަމަކަށް މާތްﷲ އަމުރު ކުރެއްވިޔަސް ފަސްޖެހުމެއް ނެތި އަމުރުފުޅަށް އަމަލު ކުރައްވާނެކަމުގެ ނަމޫނާ ހާދިސާއެއް ކަމަށެވެ.

ހުތުބާގައި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އެކުވެރިކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލާފަ އެވެ. އަދި އެކުވެރި ދިރިއުޅުމެއްގައި އުޅުމަށް އިލްތިމާސްކޮށް ވަނީ އުންމަތް އާރާސްތު ކުރުމަށެވެ.

މިއާއި އެކު މި އީދުން އައު ސަފަހާއެއް ހުޅުވާލެވި، ތިމާގެ މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށް ހުތުބާގައި ގޮވާލި އެވެ. ހުތުބާގައި ބުނީ އެއިރުން މުސްލިމުން އިއްޒަތްތެރި ބަޔަކަށް ވާނެ ކަމަށެވެ.

މިއަދުގެ ހުތުބާގައި ވަނީ ދަރީން ހެޔޮލަފާ ކިޔަމަންތެރި ބަޔަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ވެސް ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: