ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން ”އަވަރް ޕްލެނެޓް އެކްޝަން މަންތް“ ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ހާމަކޮށްފައިވާގޮތުން، މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން މުޅި ޖޫން މަހަށް ތަވާލުކޮށްގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގެ މަގްސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ޙަރަކާތްތަކުގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ސެމިނަރތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ގަސްއިންދުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
މީގެ އިތުރުން ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ރޭވިފައެވެ.
މި ހަރަކާތްތަކަކީ ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވައިލައިފައިވާ ހަރަކާތްތަކަކަށްވުމާއިއެކު، މި ހަރަކާތްތަކުގެ ތަފްސީލީ މައުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑު އެންވައިރަމެންޓްގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާއިން ލިބިގެންދާނެއެވެ.
ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅުވައިގެން ދިވެހިރާއްޖޭގެ ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއިއެކު، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމެއް ވަނީ އިފްތިތާހުކޮށްފައެވެ.
މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

