މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓުގެ މަގާމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އާތިފް ޝަކޫރު އައްޔަނުކޮށްފި އެވެ.
އާތިފް މިފްކޯގެ ސްޓްރެޓެކިކް ކޮންސަލްޓަންޓުގެ މަގާމަށް އައްޔަނުކޮށްފައި ވަނީ މަހު އެވެ. އަދި އާތިފްގެ މަގާމުގެ މަސްއޫލިއްޔަތަކީ ކުންފުންޏަށް ގެންނަ ބަދަލުތަކާއި ގުޅޭ މަޝްވަރާއާއި ހިޔާލު ދެއްވުމެވެ.
2004 އިން 2013 އަށް މިފްކޯގެ އެކި މަގާމުތައް ފުރުއްވާފައިވާ އާތިފް ވަނީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމާއި ސީއީއޯގެ އިތުރުން ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އާތިފްގެ މަގައިގަނޑު ހާއްސަ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވެނީ އިގްތިސާދާއި ގުޅުން ހުރި މައްސަލަތަކެވެ. އަދި ހިންގުމުގެ ދާއިރާގައި ވެސް ތަޖުރިބާ ހުރި އާތިފް ވަނީ އިގްތިސާދީ މައްސަލަތައް ދިރާސާ ކުރައްވައި، ދެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ގުޅޭ ރިޕޯޓުތައް ލިޔުއްވާފަ އެވެ.
މީގެއިތުރުން އާތިފް ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
މިފްކޯގެ މަގާމަކަށް އާތިފް އައްޔަނު ކުރިއިރު، ކުންފުނީގެ ސީއީއޯގެ މަގާމަށް ހުޅުވާލުމުން އާތިފް ވެސް ކުރިމަތިލެއްވި އެވެ. އެހެން ނަމަވެސް ޕީސީބީ ވަނީ ޝަރުތު ހަމަވާ އެއްވެސް ބޭފުޅެއްގެ ފޯމެއް ލިބިފައި ނުވާކަމަށް ބުނެ އިއުލާނު ބާތިލުކޮށްފަ އެވެ.
މިވަގުތު މިފްކޯގެ ސީއީއޯކަމުގައި ހުންނެވި ފަރުހަތު ފިކުރީއަކީ އެ މަގާމަށް އައްޔަނު ކުރެއްވި ތިން ވަނަ ބޭފުޅާ އެވެ.
މިފްކޯގެ މާލީ ހާލަތު ގޯސްވެފައި އޮތުމާއި، ކުންފުނީގެ ހިންގުމުގެ ބޮޑެތި މައްސަލަތައް ހުރުމުގެ ސަބަބުން އެކަމުން އަރައިގަތުމަށް ދަތިތަކާއި ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

