ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖާޖީން އެންބުރި ރާއްޖެއަންނަ އިރު، އެއަރޕޯޓަށް ދާ މީހުން ވީހާވެސް މަދުކުރުމަށް އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖާޖީން އެންބުރި ރާއްޖެއަންނަ އިރު، އެއަރޕޯޓަށް ދާ މީހުން ވީހާވެސް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕިއޭ އިން އިލްތިމާސްކޮށްފިއެވެ.

ހައްޖުން އެނބުރި އައުމަށްފަހު ސަމާލުވާންވީ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯރޑިނޭޓަރ މުހައްމަދު ހަމްޒަތު ވިދާޅުވީ ހައްޖުން އެންބުރި އަންނަމީހުންވެސް ރޯގާ ޖެހިގެން އަންނަކަމަށްވާނަމަ މާސްކު އަޅައިގެން އައުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ހަމްޒާ ވިދާޅުވީ ހައްޖުން އެނބުރި ރާއްޖެއައިސްވެސް 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމަށް ވަނީ އެދިފައެވެ.

ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒުވެސް ވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޑރ. އިޔާޒު ވަނީ ރޯގާގެ އަލާމާތްތައް ހުރިނަމަ، މާސްކު އެޅިނަމަވެސް މީހުންގެ ތެރެއަށް ނުނިކުތުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަނަމަ ސްކޫލަށް ނުފޮނުވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އެޗްޕިއޭގެ ތަފާސް ހިސާބުތަކުން ބަލާއިރުގައި މިއަހަރުގެ މިހާތަނަށް ފާހަގަކުރެވެނީ އާންމު ރޯގާތައް އިތުރުކަމަށެވެ. އޭގެތެރޭގައި އިންފުލުއެންޒާ، އާރުއެސްވީ، ކޮވިޑް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: