ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި އެތެރެކުރާ މީހުން އަތުލައިގަނެވި، ގަނޫނު ދަނީ އެ މީހުންނާއި އަރާހަމަ ކުރަމުން: އިހުސާން

މަސްތުވާތަކެތ އަތުލައިގަތް އޮޕަރޭޝަންގައި ބައެއް ތަކެތި ފާސްކުރަނީ. -- ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވައިގެ މަތުން އެތެރެކުރުމަށް މަސައްކަތް ކުރި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގެންފި އެވެ.

ހޯމް ލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ، ރާއްޖެއަށް އެތެރެކުރި މުދާތަކެއްގައި ފޮރުވާފައި ވަނިކޮށް އަތުލައިގެންފައި ވަނީ 18 ކިލޯގެ މަސްތުވާތަކެތިކަމަށެވެ. މި ތަކެތީގެ އަގުމަތީ އަގު ހުންނާނެކަމަށް ލަފާކުރެވެނީ އިހުސާން ވިދާޅުވި ގޮތުގައި 26 މިލިއަން ރުފިޔާ އެވެ.

މަސްތުވާތަކެތި އަތުލައިގަތުމުގައި ހަރަކާތްތެރިވި ޓީމަށް މަރުހަބާ ވިދާޅުވެ، އިހުސާން ކުރެއްވި ޕޯސްޓުގައި ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށް ބޯޑަރު ފުރިހަމައަށް ބެލެހެއްޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަމުގައި ފާހަގަކުރައްވާފަ އެވެ.

އިހުސާން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް، އެތަކެތި އެތެރެކުރުމަށާއި އެ ނޫން ގޮތްގޮތުން ވެސް ގެންގުޅުމަށް އޮތް ފަހި މާހައުލު ނައްތާލެވި ގާނޫނު އެ މީހުންނާއި އަރާހަމަކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ފޮޓޯތައް ކަސްޓަމްސް އާންމުކޮށްފައިވާއިރު، އޭގެއިން ދައްކާ ގޮތުން މަސްތުވާތަކެތި ވަނީ އެކި ސައިޒުގެ ކުދި ޕެކެޓުތަކުގައި ވަކިވަކީން ބަންދުކޮށްފަ އެވެ. އަދި އެތަކެތި ވަރަށް ބޮޑަށް ޕެކްކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

މިތަކެތި ބަންދުކޮށްފައި ވަނީ މާ ވަށިގަނޑުތަކާއި، ޕޮޓުތަކުގެ ތެރޭގައި ބަންދުކޮށްގެންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުޅިމަދު ވެސް އެތެރެއަށް އަޅާފައި ހުއްޓެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މައްސަލަތައް ތަހުގީގު ކުރުމަށް، ގާނޫނުގެ ދަށުން މިފަހުން ވެސް ވަނީ ގިނަ އިސްލާހުތަކެއް ގެނެސްފަ އެވެ.

މަސްތުވާތަކެތި ބޭނުންކޮށްގެން ވިޔަފާރި ކުރާ މީހުންނާއި، މަސްތުވާތަކެތި ވިއްކައި ލިބޭ ފައިސާއިން ބޮޑެތި އެހެން ވިޔަފާރި ކުރާ މީހުންގެ މައްސަލަތައް ވެސް ބެލޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހިމަނާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: