ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ގާލްސް“ ތަމްރީންތައް އިތުރު ރަށްތަކުގައި ފެށުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ތައްޔާރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ’ޖެންޑަރ އެކްޝަން ލާރނިންގ ސިސްޓަމް (ގާލްސް)‘ ޕްރޮގްރާމް އިތުރު ރަށްތަކަށް ފުޅާކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. މިހާތަނަށް މި ޕްރޮގްރާމް ވަނީ ށ. ގޮއިދޫ އަދި ށ. ފުނަދޫގައި ކުރިއަށްގެންގޮސްފައެވެ.

ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، އަލަށް މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހދ. ނޭކުރެންދޫ، ހދ. ނޮޅިވަރަމް، ހދ. ހިރިމަރަދޫ އަދި ށ. ފޯކައިދޫ ހިމެނެއެވެ.

މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިންގެ އަމިއްލަ ނަފްސު ބާރުވެރިކުރުވުމާއެކު، މުޅި މުޖުތަމަޢު ބާރުވެރިކުރުވުމެވެ. މި ގޮތުން ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ތަޞައްވުރެއް އެކުލަވާލުމާއި، އެ ތަޞައްވުރަށް ވާޞިލުވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެހީތެރިވެދެއެވެ.

މީގެ އިތުރުން، ވިޔަފާރިއެއް ފެށުމުގައި ވިސްނަންޖެހޭ މުހިންމު ކަންކަމާއި، މިންތީގެ ހަމަހަމަކަމުގެ މުހިންމުކަން ވެސް މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް އުނގަންނައިދެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: