ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ އަހަރަށްވުރެ މި އަހަރު ފުރަތަމަ ކުއާޓާރގައި ރިޒާވުގައި ހުރި ބޭރު ފައިސާ އިތުރު: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާރ ނިމުނުއިރު ބޭރު ފައިސާގެ ރިޒާވުގައި ހުރި މިންވަރު 46 އިންސައްތަ އިތުރުކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާރ ނިމުނުއިރު ބޭރު ފައިސާގެ ރިޒާވުގައި ހުރީ 791 މިލިއަން ޑޮލަރެވެ. މިއީ ކުރީ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 249.2 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އަދި މިއީ އެ އަހަރުގެ ފަހު ކުއާޓާރއާއި އަޅާކިޔާއިރު 17 އިންސައްތަ ނުވަތަ 117.1 މިލިއަން ޑޮލަރު އިތުރުވުމެއްކަން ރިޕޯޓުން ދައްކަ އެވެ.

2024 ވަނަ އަހަރަށް ވުރެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރު ފައިސާގެ ރިޒާވުގެ އަދަދުތައް އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާ ދެމެދު ގާއިމުކޮށްފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބިފައިވުމެވެ.

މީގެއިތުރުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ވެސް އިތުރުކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. އެގޮތުން 1 އިންސައްތަ ނުވަތަ 7.4 މިލިއަން ޑޮލަރުން އިތުރުވުމުގެ ސަބަބުން ޖުމުލަ އިމްޕޯޓު ކުރި މިންވަރު 904.5 މިލިއަން ޑޮލަރަށް އަރާއިރު، ކޮންސްޓްރަކްޝަނާއި ފަރުނީޗަރުގެ އިތުރުން ކާބޯތަކެތި އިމްޕޯޓުކުރި މިންވަރު އިތުރުކަން ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ކުއާޓަރުގައި އެންމެ ބޮޑަށް އިތުރުވެފައި ވަނީ ސްޓޭޝަނަރީ އާއި އޮފީސްތަކަށް ބޭނުންވާ ސާމާނާއި ޕްރިންޓުކޮށްފައިވާ ތަކެއްޗެވެ. އަދި މި ބާވަތުގެ ތަކެތި އިމްޕޯޓު ކުރި މިންވަރު 6 ގުނައިން އިތުރުވެފައިވާކަމަށް ވެއެވެ. މިއާއި އެކު ކޮންސްޓްރަކްޝަން ސާމާނު އިމްޕޯޓުކުރި މިންވަރުވެސް 16 އިންސައްތައިން އިތުރުކަމަށް އެމްއެމްއޭއިން މައުލޫމާތު ދީފައިވެއެވެ.

މި ކުއާޓަރުގައި އެންމެ ގިނައިން މުދާ އިމްޕޯޓު ކުރީ އޭޝިއާ ބައްރުގެ ގައުމުތަކުންނެވެ. އެގޮތުން އެ މާކެޓުން ޖުމުލަކޮށް 85 އިންސައްތަ މުދާ އިމްޕޯޓުކޮށްފައިވާއިރު ވަކިވަކި ގައުމުތަކަށް ބަލާއިރު އެންމެ ބޮޑު އަދަދެއް އިމްޕޯޓުކުރީ ޔޫއޭއީންކަމަށް ފާހަގަކޮށްފައިވެއެވެ. މިގޮތުުން އޭޝިއާ ބައްރުން އިމްޕޯޓުކުރި މުދަލުގެ ތެރެއިން 26 އިންސައްތަ ގެނައީ އެ ގައުމުންކަމަށާއި ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރގައި އެތެރެކުރީ 16 އިންސައްތަކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: