ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި، ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައާއި ގުޅުމެއް ނެތް“

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަން ފެށުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލައައީ ދާދި އެއްވަގުތެއްގައިކަމަށް ބުނެ އެމްޑީޕީން ތާރީހު އޮޅުވާލާފައިވާކަމަށް ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.

ޝަރުއީ ނިޒާމާއި، ފަނޑިޔާރުންނަށް އޮތް މިނިވަންކަމުގެ ވާހަކަ ދައްކާއިރު މަންދޫހު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ ވާހަކަ ނުދައްކައި ދޫކޮށްލެވެން ނެތެވެ. މަމްދޫހު ވިދާޅުވީ އެމްޑީޕީން ވެރިކަމުގެ ދައުރެއް ނިންމާލީ މަޖިލީހުގައި އެ ބާރުއޮވެމެ ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ.

މަމްދޫހު ވިދާޅުވީ ކުރީ ސަރުކާރުތަކުގެ ވާހަކަ ދައްކަން ޖެހެނީ، އޭރު ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެތައްކަމެއް ހިންގާފައިވާތީ ކަމަށެވެ. އަދި މި ސަރުކާރުން ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވައި ވަކި މައްސަލައެއްގެ ނިންމުމެއް ބޭނުންވާ ގޮތަށް ނެރެން އެއްވެސް ޖާގައެއް ނުދޭނެކަމަށް މަމްދޫހު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި، ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށި ވަގުތާއި ދިމާވުމަކީ ވެސް ނުފޫޒު ފޯރުވުމުގެ ހެއްކެއްކަމަށް ގިނަ ބަޔަކު ދެކޭތީ އެކަމަށް މަމްދޫހު ރައްދު ދެއްވިއެވެ. މަމްދޫހު ވިދާޅުވީ ތާރީހުތައް ދިމާވާކަމަށް، ނުވަތަ އޮތީ ވަކި މަގްސަދެއްކަމަށް ބުނެ އެހެން މަންޒަރެއް ދައްކަން ބޭނުންވަނީ އެމްޑީޕީ އެވެ.

މަމްދޫހު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ވަކިވަކީން ކަން ހިނގާފައިވާ ގޮތް ބަލާލެވޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުން ބޭނުންވެ އެދޭގޮތްކަމަށް މަމްދޫހު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައި އިރާއި، އަދި އެހެނިހެން ބަދަލުތައް ގެނައި ވަގުތައް ބަލާލީމަ ފެންނާނެ އެ ދައްކާ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތްކަން.. އަދި އެއްވެސް އަސާސެއް ނެތްކަން.. ސިޔާސީ މަގްސަދެއް ހާސިލު ކުރަން އެ ވާހަކަތައް އެބޭފުޅުން ދައްކަނީ.. މަޖިލީހަށް ހުށަހެޅުނު ގާނޫނުއަސަސީއަށް ގެނައި އިސްލާހާއި، ފަނޑިޔާރުންގެ ބެންޗަށް ގެނައި ބަދަލާއި، މިގެއިން އެއްވެސްކަމެއްގައި ގުޅުމެއް ނޯންނާނެ..

މީގެއިތުރުން މަމްދޫހު ވަނީ އެމްޑީޕީގެ ސަރުކާރުގައި ފަނޑިޔާރުން ވަކިކުރުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަނުން މައްސަލަތައް ބެލުމުގައި އަމަލުކުރި ގޮތް ހަނދާނަށް ގެނައުމަށް އެދިފަ އެވެ. މަމްދޫހު ވިދާޅުވީ ފަނޑިޔާރުން ވަކި ކުރުމުގެ ބޮޑު ސަގާފަތެއް ފަށައި، ފަނޑިޔާރުންތައް އޭރު އެމްޑީޕީގެ ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ވެސް ތުހުމަތު ކުރިކަމަށެވެ. އަދި ވަކިވަކި ފަނޑިޔާރުންނަށް ދައްކަމުން ދިޔަ ބިރަކީ، އެހެން ފަނޑިޔާރުންނަށް ވެސް އެކަން ދިމާވެދާނެކަމަށް ޕާޓީގެ އެކި ބޭފުޅުން ބުނަމުން ގެންދިޔަކަމަށް މަމްދޫހު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމާއި ގުޅޭގޮތުން ތަފާތު އެކި ތުހުމަތުތައް ކުރާއިރު، ރާއްޖޭގެ ޖުޑިޝަރީ ހިނގާ ގޮތް ބެލުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ އިން ދި އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް ދިވެހި ސަރުކާރުން ވަނީ ދައުވަތު ދީފަ އެވެ. މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ޖުޑިޝަރީގެ ތެރެއަށް އަތް ގަދަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށް ބައިނަލްއަޤުވާމީ ބާ އެސޯސިއޭޝަންތަކާއި، ލޯ ފާމުތަކުން ބަޔާން ނެރެމުން ދާތީ ސަރުކާރުން މާގްރެޓް ސެޓަތްވެއިތަށް ފޮނުވި ސިޓީ އެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: