ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލެޓު ނުލިބޭކަމަށް ލިޔުުން ފޮނުވުމާއިއެކު ކޯޓަށް މައްސަލަ ހުށައަޅައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހިންގާ 4000 ފުލެޓު ނުލިބޭ ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން މެސެޖު ފޮނުވަން ފަށައިފިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފްލެޓް ހޯދުމަށް އެދި ހުށައަޅައއިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަނުވާ ފަރާތްތަކަށް އެކަން ދަނީ މިނިސްޓްރީން އަންގަމުންނެވެ. މިނިސްޓްރީގެ މި ލިޔުމުގައި ޝަރުތު ހަމަނުވާ ސަބަބުވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި ބައެއް ފަރާތްތަކުގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ފުލެޓު ލިބިފައިވުން ހިމެނެއެވެ.

މިނިސްޓްރީން ވަނީ އެ ލިޔުމާއިމެދު ޝަކުވާއެއް އޮތްނަމަ އެކަން ރަސްމީ 5 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށައެޅުމަށް އެދިފައެވެ.

މިނިސްޓްރީން ފުލެޓު ލިސްޓު ރިވިއުކުރުން:

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމު އަލުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި، 15 ނޮވެމްބަރު 2023 ގައި ގެޒެޓުކޮށްފައިވާ 4،000 މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ މުއްތަލިބު ވިދާޅުވިގޮތުގައި، މި ޕްރޮސެސް ކުރިއަށް ގެންދާއިރު ބަލާނީ 26 ޖޫން 2022 ގައި ގެޒެޓް ކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރާ އުސޫލު ޖީ 20 އަދި އެޕްލިކޭޝަން ހުށައެޅުމަށް ތައްޔާރުކޮށްފައިވާ ގެދޮރުވެރިން ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށެވެ.

ފުލެޓު ލިސްޓު ރިވިއު ކުރުމަށްފަހު މިނިސްޓްރީގެ ނިންމުން:

މި ސަރުކާރުން ލިސްޓު ނެރެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި މީހުންގެ ފޯމްތައް އަލުން ބެލުމަށް ފަހުގައެވެ. ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމެންޓަށް 1،218 ފަރާތެއް ޝަރުތު ހަމަވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް 3،721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ. އެހެންނަމަވެސް މި ސަރުކާރުން ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

ފުލެޓު ނުލިބޭކަމުގެ ލިޔުން މިނިސްޓްރީން ދޫކުރުމާއި ގުޅިގެން ހިނގާ ކަންކަން:

މިމައްސަލައިގައި މިނިސްޓްރީން ފުލެޓު ނުލިބޭ ކަމަށް ލިޔުން ދޫކުރުމުން މިމައްސަލަ ކޯޓު މަރުހަލާއަށް ވަނީ ގޮސްފައެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އިބްރާހިމް މުހައްމަދު ސާހިލް ސަރުކާރުން އާންމުކޮށް، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެއެވެ. ނަމަވެސް އެ ފްލެޓްތަކުގެ މަސައްކަތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެކު ހަދާފައިވާ އެ އެއްބަސްވުންތަކަށް އަމަލު ނުކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ބައެއް މީހުންނާ އެކު، އެ ސަރުކާރުން ހެދި އެއްބަސްވުމާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރަން ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުންވެސް ވަނީ ނިންމާފައެވެ.  15 މީހަކު ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފައިވާއިރު އެ މީހުން މައްސަލަ ހުށަހެޅީ ކުރިން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ކޯޓުން އެފަދަ ނިންމުމެއް މި ވަގުތަށް ނިންމާފައި ނުވަނީ  ދާއިމީ ލިސްޓް އަދިވެސް އިއުލާންކޮށްފައި ނުވާއިރު، އެއްވެސް މީހަކަށް ކުރިން ދޭން ނިންމާފައިވާ ފްލެޓެއް ނުދިނުމަށް ނުވަތަ ކުރިން މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ ކަމެއް މި ވަގުތު ނުހިންގާތީއެވެ.

އެހެންނަމަވެސް ފުލެޓު ލިސްޓުގެ ދާއިމީ ނަތީޖާ ނެރެ ފުލެޓުތައް ހަވާލުކުރަން ފެށުމައިއެކު މި މައްސަލަ އަނެއްކާވެސް ފެންމަތިވެގެން އަންނާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: