ހުޅުމާލޭގައި ހުރި ފްލެޓުތަކުގެ ތެރެއިން ކުއްލި ނުދައްކާ ފްލެޓުތަކުގެ ވެރިންނަށް ނޯޓިސް ހަވާލުކުރުމުގެ މަސައްކަތްތައް ފައްޓާފައިވާކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން އާންމުކޮށްފައިވާގޮތުން އެ ކުންފުނިން ވަނީ ކޮންމެ ތިން މަހެއްގެ މަތިން ކުލި ދެއްކުމުގެ މަސައްކަތްތައް ގަވައިދުން ކުރިއަށް ނުގެންދާ ފްލެޓުތަކުގެ ވެރިންނަށް ޕޭމަންޓް އެޑްވައިސް ގެ ނަމުގައި ނޯޓިސްއެއް ދިނުމުގެ މަސައްކަތްތައް ފަށާފައެވެ.
އެ ކުންފުނިން މައުލޫމާތު ދީފައިވާގޮތުން އެ ނޯޓިސްއަކީ ގަވައިދުގެ މަތިން ކުލި ދެއްކުމަށް ހަނދުމަކޮށް އެރުވުމަށް ނަސޭހަތްތެރިވެ ފޮނުވޭ ނޯޓިސްއެއްކަމަށެވެ. މިފަހުން ފެންމަތިވެގެން އައި ގޮތުން ގިނަ އަދަދެއްގެ ފްލެޓުތަކުގެ ވެރިން ގަވައިދުގެ މަތިން ކުލި ނުދައްކާއިރު ބައެއް ފަރާތްތަކުން މިހާތަނަށް އެންމެ ޕޭމަންޓެއްވެސް ހަދާފައިނުވެއެވެ. ނަމަވެސް އެ ހާލަތުގައި އަނބުރާ ފްލެތުތައް ނެގެން އޮންނައިރު އެޗްޑީސީން އެގޮތުގެ މަތިން އަމަލުކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

