ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމާއި ނުބައްދަލު ނިޒާމެއްކަމަށް ބުނެ، ”ހަރަދު ބޮޑު“ ލާމަރުކަޒީ ނިޒާމަށް އިސްލާހުތަކެއް ގެންނަން ގަރާރެއް!

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްތަކަށް ތަރައްގީއާއި ހެޔޮ ބަދަލު ގެންނާނެކަމަށް ވައުދުވެ ވުޖޫދު ކުރި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތުމުން ގާނޫނަށް އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

މި ގަރާރު ހުށަހަޅާފައި ވަނީ ލާމަރުކަޒީ ގާނޫނަށް 15 އަހަރު ފުރުނުއިރު އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.

ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ އިގްތިސާދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާން ކުރާތީ ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން މަދުވެގެން ތިބެން ޖެހޭ ގޮތަށް އޮތުމުން ރައްޔިތުން އެކަމާއި މެދު ސުވާލު އުފައްދާކަމަށެވެ.

ޝުޖާއުގެ ގަރާރުގައި ވަނީ އެކަމަށް ހައްލު ގެނެވެން އޮތް ގޮތަކައި ކޮބައިތޯ ދެނެގަނެ ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި މުވައްސަސާތަކަށް އެހީތެރިވެ ހައްލެއް ހޯދުމަށެވެ.

ގަރާރުގައިވާ ހުރި މުހިންމު ނުކުތާތަކުގެ ތެރޭގައި، މިވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އެކި ފަހަރު މަތީން ގެނައި 15 އިސްލާހެއް ފާހަގަކޮށްފައިވެއެވެ. އަދި މިވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އެތައް ކައުންސިލް މެމްބަރުން އިންތިހާބު ކުރިއިރު ދައުލަތުގެ ބަޖެޓުން ބިލިއަނުން ހަރަދުވެފައިވާކަމަށް ވެއެވެ.

ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ނިޒާމުގެ ސަބަބުން ރައްޔިތުންނާއި، ރަށްތަކަށް ލިބުނު ކުރިއެރުމެއް ނެތްކަމަށް ގަރާރުގައި ވެއެވެ. އަދި ތަރައްގީގެ ރޮނގުން ހެޔޮ ބަދަލުތަކެއް ފެނިފައި ނުވާއިރު، ރަށްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިންގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަ ބަޔަކު އިންތިހާބު ކުރާ ނިޒާމަކަށް، މި ނިޒާމު ވެގެން ގޮސްފައިވާކަމަށް ޝުޖާއުގެ ގަރާރުގައި ވަނީ ބުނެފަ އެވެ.

”އިދިކޮޅު ޕާޓީން ނެރޭ ކެނޑިޑޭޓުން ގިނަ ފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އާންމުވެފައި އޮންނައިރު ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ސީދާ ގޮތެއްގައި ހުރަސްއަޅާފައި އެބަހުއްޓެވެ“

މީގެއިތުރުން ގަރާރުގައި ބުނެފައި ވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދާއި މެދު ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި ވޭތުވެ ދިޔަ ސަރުކާރުކާރުތަކުން ބަލާފައި ވަނީ އެވަގުތަކު ބޭނުންވާ އިސްލާހު ގެނެސް ބޭނުންވާ ވަކިވަކި ހައްލު ހޯދުމަށްކަމަށް ވަނީ ބުނެފަ އެވެ.

ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނީ ވެރިކަމެއް ނަގަހައްޓައި ދެމެހެއްޓުމުމުގެ ވިސްނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނު ހަރުދަނާ ކުރުމަށް ވަކި ހާއްސަ މިނިސްޓްރީއެއް އުފައްދާފައި ކަމަށެވެ. މިނިސްޓްރީއާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުގައި ދިރާސާތައް އެކުލަވާލާފައިވުމާއި އެކު އޭގެ މައުލޫމާތު މަޖިލީހަށް ލިބޭނެކަމުގެ އުންމީދު ކުރާކަމަށް ޝުޖާއު ވިދާޅުވި އެވެ.

ގަރާރުގައި ލާމަރުކަޒީ ނިޒާމު ސިފަކޮށްފައި ވަނީ ގައުމާއި ނުބައްދަލު ނިޒާމެއްގެ ގޮތުގަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެކަމަށް ވިސްނާލުމަށް ގޮވާލާފައި ވެއެވެ. ކަތީބުންގެ ނިޒާމެއް ނިމުމަކަށް ގެނެސް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކައުންސިލަރުން އިންތިހާބު ކުރަން ފެށީ ވަރަށް ބޮޑެތި އުންމީދުތަކާއި އެކު ނަމަވެސް ޝުޖާއުގެ ގަރާރުގައި ބުނެފައި ވަނީ އެ މަގްސަދު ހާސިލު ނުވާކަމަށެވެ.

ނިޒާމުގައި ހުރި ދެކޮޅު ނުޖެހޭކަމެއްގެ ގޮތުގައި، ގިނަ އަދަދެއްގެ މެމްބަރުން ތިބޭ ތިބުން ނަގައި ބުނެފައި ވަނީ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ކުޑަ ކުރަން ޖެހޭކަމަށެވެ. އަދި ހައްލެއްކަމަށް ހުށަހަޅާފައި ވަނީ ކުޑަ އާބާދީއެއްގައި ވެސް ފަސް ކައުންސިލަރުން ތިބޭތީ، އެކަން ބަދަލުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: