ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ރީޝެޑިއުލްކޮށްފި

މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު)_ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ރީޝެޑިއުލްކޮށްފިއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ މިހިނގާ ޖޫން މަހުގެ 29 ވަނަ ދުވަހަށް އަޑުއެހުން ރީޝެޑިއުލްކޮށްފައެވެ. ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ”ސަންގަށް“ ވިދާޅުވީ، އަޑުއެހުން ރީޝެޑިއުލްކުރީ ދައުވާލިބޭ ފަރާތަށް ލިބެންޖެހޭ ލިއުމެއް އެފަރާތަށް ލިބިފައި ނެތްކަމަށް ދަންނަވާފައިވާތީ ކަމަށެވެ.

މި މައްސަލައިގައި މައުމޫނުގެ މައްޗަށް އުފުލާފައިވާ 7 ދައުވާއަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.

މި މައްސަލައިގެ ދައުވާތަކުގެ ތެރޭގައި މައުމޫނުގެ އެކައުންޓަށް ސީދާ ފައިސާ ޖަމާކޮށްފައިވާކަމަށް ބުނާ ކުންފުނިތަކަކާއި، އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް ޖަމާކޮށްފައިވާކަމަށް ބުނާ ފައިސާ ހިމެނެއެވެ. ނަމަވެސް އެ ކަންކަމަށް މައުމޫނުގެ ފަރާތުން އިންކާރު ކުރެއެވެ.

އޭނާގެ ވަކީލު ވިދާޅުވާ ގޮތުގައި އެ ދައުވާތަކުގައި ހިމަނާފައިވާ ކަންކަމަކީ އެތައް ބަޔަކު ގުޅިގެން މެނުވީ ނުކުރެވޭނެ ކަންކަމުގެ ތުހުމަތުތަކެެވެ. އެހެންކަމުން އެއީ ހަމަހަމަކަމުގެ އަސާސެއް ނެތި އުފުލާފައިވާ ދައުވާތަކެއްކަން އެނގޭކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މިސާލަކަށް އޭގެ ތެރެއިން ބައެއް ކުންފުނިތަކާއެކު ކުރެވިފައިވާ މުއާމަލާތްތަކަށް ބަލާއިރު، ބައެއް ކުންފުނިތަކުގެ ޕްރޮޕޯސަލްތަކަކީ ކުންފުންޏަށް އައިސްފައިވާ ޕްރޮޕޯސަލްތައް ކަމަށާއި، އެކަމާ ގުޅޭ މަސައްކަތްތައްވެސް ކޮށްފައިވަނީ ޕްރޮކިއުމަންޓުގެ ތެރެއިންކަމަށް ވަކީލު ވިދާޅުވިއެވެ.

އެ މަރުޙަލާތަކުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ބައިވެރިވުމެއްވެސް ނޯންނާނެކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ޕްރޮކިއުމަންޓުގެ މުވައްޒަފުންވެސް މަސައްކަތް ކޮށްފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި، އެ މުވައްޒަފުންނަށް މައުމޫނުވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަން އެމީހުންގެ ބަޔާނުންވެސް އެނގޭކަމަށް ވަކީލު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: