ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ބްރޯޑްކޮމްއަށް އައްޔަންކުރަން ފާސްކުރި ޒަމްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް އައު މެމްބަރަކު އައްޔަނު ކުރުމަށް ފަސްކޮށްފައި ވަނީ، އާމިނަތު އަމީނާ (އަނާ) ގެ ދައުރު މިއަދު ހަމަވެފައިވާތީ އެވެ.

ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލުމުން ހަ ބޭފުޅަކު ކުރިމަތިލާފައި ވެއެވެ. އަދި މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އިންޓަވިއުކޮށް އެ ކޮމިޓީން ދިން މާސްކައި އެންމެ ކުރީގައި އޮތީ ވެސް ޒަމްއަތު އެވެ.

ކޮމިޓި އިންޓަވިއުއަށް ފަހު 75 އިންސައްތައަށް ވުރެ މަތީން މާކްސް ލިބުނު ތިން ބޭފުޅުންގެ ނަން ވެސް ވޯޓަށް އެހުމަށް ތަޅުމަށް ފޮނުވި އެވެ.

އެއީ ޒަމްއަތުއަށް 89 އިންސައްތަ، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރަށް 85 އިންސައްތަ އަދި 77 އިންސައްތައާއި އެކު އެއޯ ނިއުސްގެ ފައުންޑަރ ޝިމްލާ އަހުމަދެވެ.

ލިސްޓުގެ ތަރުތީބުން ވޯޓަށް އެހުމުން، ޒަމްއަތު ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 56 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ޒަމްއަތުއަށް މެޖޯރިޓީ ވޯޓު ލިބިފައި ވާތީ، ބާކީ ދެ ނަމަށް ވޯޓަށް އަހާފައި ނުވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މިދިޔަ މަހު ވެސް މެމްބަރަކު އައްޔަނު ކުރި އެވެ. އެފަހަރު ކޮމިޓީން އެންމެ މަތީ މާކްސް ލިބުނީ ޒީނާއަށް ނަމަވެސް އޭރު ތަޅުމުން ފާސްވީ ކޮމިޓީގައި މާކްސްގެ އިންސައްތައިން ހަތަރުވަނައިގައި އޮތް ޓީވީ ޕްރެޒެންޓަރ މުސާ ރިލްވާން އައްޔަނު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: