ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މަޝްރޫއުތައް ނުވާވަރުން ހިންގަން އުޅުމުން ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެދާނެ: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ މަޝްރޫއުތައް ނުވާވަރުން ހިންގަން އުޅުމުން ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ޖަލްސާގައި ސަލީމް ވިދާޅުވީ މަޝްރޫއުތައް ހިންގަން ވަނީ އެބަޔަކަށް ވީވަރަކުން ކަމަށެވެ. އެހެންނޫންނަމަ ކުރިން ތަޖުރިބާ ކުރެވުނު ހިތި ނަތީޖާ ފެނިގެން ހިގައިދާނެ ކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަން ކޮންމެސް ހިސާބަކުން ހުއްޓުވައި ގައުމު ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން މިހެންކަންކަން ކުރުމުން ރައްޔިތުންވެސް މީގެ ބުރަ އުފުލަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ފައިޗާޕުކޮށް، ބޭރުން ލޯނު ނަގައި، ރާއްޖޭގެ ރަށްތައް ނުއަގުގައި ވިއްކުމާއި މިކަންކަން މިއަދުގެ ސަރުކާރަށްވެސް ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް މިހެން ފައިސާ ހޯދައިފި ނަމަ އޭގެން ނިކުންނާނެ ނަތީޖާވެސް މިސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވިދާޅުވިއެވެ.

“ އެހެން ފައިސާ ހޯދީމާ ނިކުންނާނެ ނަތީޖާ އެނގޭތޯ. މިއަދު ނަތީޖާއަކީ މިހިސާބަށް އަންނަން ޖެހުނީ އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން. ކިތައް ރަށް އެބަ އޮތްތޯ. ފަޅު ރަށް. ގަންނާނެ ބައިވަރު މީހުން އެބަތިބި“

މިއަދުވެސް ފަޅުރަށްތައް ނުއަގުގައި ވިއްކާލައިގެން ތިބެވި ދާނެ ކަމަށާއި އަދި ހުރި ފަޅުތައް ވެސް ވިއްކާލެވިދާނެ ކަމަށާއި އެހެންނަމަވެސް ގައުމަކަށް ކަންކަން ކޯށްދޭންވީ ގޮތަކީ އެއީތޯ ސަލީމް ސުވާލު އުފެއްދެވިއެވެ. ސަލީމް ވިދާޅުވީ އެއީ ގައުމަށް ހިޔާނާތްތެރިވުން ކަމަށެވެ.

މިއަދު ގައުމުގ ެހާލަތު މިހެން މިއޮތީ ކުރީ ސަރުކާރުތަކުން މިފަދައިން ކަންކަން ކޮށްފައިވާތީ ކަމަށް މެމްބަރު ވިދާޅޫވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: