ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންވޮއިސްތަކަށް ފައިސާ ނުލިބެނީސް ޓެކްސް ދައްކަންޖެހޭތީ ހުށައެޅި މައްސަލަ މަޖިލީހުން ބޭރު

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރިތަކުން ތައްޔާރުކުރާ ޓެކްސް އިންވޮއިސްތަކަށް ފައިސާ ނުލިބެނީސް ޖީއެސްޓީގެ ގޮތުގައި އޮންނަ ބައި ދައުލަތަށް ދައްކަން ޖެހޭ ގޮތަށް އޮތް އޮތުން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައަޅާނެގޮތް ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ވިޔަފާރިތަކަށް ދަތިތަށް ކުރިމަތިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިއުޝާދު ހުށައަޅުއްވާފައިވާ މައްސަލައިގައި ވާގޮތުން މުދަލެއް ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުގައާއި މުދާ ގަންނަ ފަރާތަކުން އަގުގެ އެއްބައި ނޫނީ އެއްކޮށް ދެއްކި ނަމަވެސް ދައުލަތަށް ޖީއެސްޓީ ދައްކަންޖެހޭކަމަށެވެ.

ނަމަވެސް ޓެކްސް އިންވޮއިސް ތައްޔާރުކުރިނަމަވެސް އެވަގުތު ހިދުމަތް ނޫނީ މުދަލަށްވާ އަގުގެ ފައިސާ ވިޔަފާރިތަކަށް ނުލިބި އޮތުމަކީ މިހާރު ފާހަގަކުރެވޭ ހާލަތެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ޖީއެސްޓީ ދެއްކުން ވިޔަފާރިތަކުގެ މައްޗަށް ލާޒިމުވި ނަމަވެސް އަގަށްވާ ފައިސާ ހޯދުމަކީ ވިޔަފާރިތަކުގެ ބާރުގެ ދަށުގައި އޮތްކަމެއް ނޫންކަމަށެވެ. އެހެންކަމުން އެ ހާލަތުގައި ވިޔަފާރިތަކަށް ވަކި ވަގުތެއްގައި ޖީއެސްޓީ ދައްކަން ލާޒިމުކޮށްފައި އޮތުމަކީ އިންސާފުވެރިކަމެއްގެ ގޮތުގައި ނުދެކޭކަމަށެވެ.

މެމްބަރު ވިދާޅުވީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށްފަހު ޓެކްސް އިންވޮއިސް ހުށައެޅިފައިވާނަމަވެސް އަގު ނުލިބި އެތައް ދުވަހެއް ވެގެންދާކަމުގެ ކަންބޮޑުވުން ވިޔަފާރިތަކުގެ ތެރޭގައި އޮތްކަމަށެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި ޖީއެސްޓީއަށްވާ ބައި ދެއްކުމަށް ލާޒިމުވުމާއި ނުދެއްކި ދިއުމުގެ ސަބަބުން ދައުލަތަށް ޓެކްސް ނުދައްކާ ކަމަށް ކަނޑައަޅައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އެ ވިޔަފާރިތަކަށް މަސައްކަތް ހަވާލުނުކުރުމަކީ ނިޒާމީ ގޮތުން ދައުލަތުގެ ފަރާތުން އިގްތިސާދީ ޖަރީމާއެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮންނަކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނު އޮތް ގޮތުގެ ސަބަބުން ވިޔަފާރިތައް ހުއްޓި އެތައް ބަޔަކަށް ގެއްލުންތައް ލިބިގެންދާކަމަށާއި އިގްތިސާދުވެސް ހީނަރުވެގެންދާކަމަށެވެ. އެހެންކަމުން މިކަމުގައި ގައުމުގެ މަސްލަހަތު ހިމެނޭކަމަށް ފާހަގަކޮށް މައްސަލަ ހުށައެޅިއިރު ތަޅުމުގައި ތިއްބެވި މެމްބަރުންވަނީ ބަލައިގަންނަން ނުފެންނަކަމަށް ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: