ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާގެ ރިޕޯޓު ރައީސަށް ހުށަހަޅައިފި

އިންކުއަރީ ކޮމިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގު ނިންމައި ތަހުގީގު ރިޕޯޓު ރައީސް ޑރ މުޙައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

ރައީސް އުފެއްދެވި އެ ކޮމިޝަންގެ މެންބަރުން ވަނީ، މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކޮށް، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވެއެވެ.

އަންގާރަ ދުވަހު އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުގައި ހުރި ރައުދު އަހުމަދު ޒިލާލު ދޫކޮށްލުމަށް އިރުޝާދު ދިނީ ކުށް ސާބިތުވާ ހާލަތެއްގައި އަންނާނެކަމަށް ބެލެވޭ ހުކުމަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހުރުމުގެ ފުރުސަތު އޮތުމުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެމުން ބުނެފައިވަނީ، މި މައްސަލައިގައި ޔުމްނުގެ ފަރާތުން ނަގަންޖެހޭ ބަޔާން ނެގުމަށް ތަކުރާރުކޮށް މަސައްކަތްކުރަމުން ދިޔަނަމަވެސް، އާއިލާގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުންނާ ހިއްސާކޮށްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ހާމަކުރި ގޮތުގައި، މިހާތަނަށް މަސައްކަތް ކުރަމުން އައީ އާއިލާގެ އެއްބާރުލުން ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެއްބާރުލުން ނުލިބުމާ ގުޅިގެން، މިހާރު ވަނީ މެލޭޝިއާގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދުގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު: 2014/9) ގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: