ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުގެ ތަޙުޤީޤު ނިމި، ރިޕޯޓު އާންމުކުރަން ރައީސް ނިންމަވައިފި

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަޙުޤީޤު ނިމި، އެ ރިޕޯޓު އާންމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން ލިބިގެންދިޔަ މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ މި މައްސަލައިގެ ތަޙުޤީޤަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރުމާއި، ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކުރުން ހިމެނެއެވެ. އަދި މައްސަލައާ ގުޅުންހުރި އެންމެހައި ފަރާތްތަކާ ސުވާލުކޮށް، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ވަނީ ކުރައްވާފައެވެ.

މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަކި ތަޙުޤީޤެއް ކުރިއަށް ގެންދެއެވެ. ނަމަވެސް ފުލުހުންގެ ތަޙުޤީޤަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޔުމްނުގެ އާއިލާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބުމެވެ. ޔުމްނުގެ ބަޔާން ނެގުމަށް ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް، އެކަމަށް ފުރުސަތު ލިބިފައެއް ނުވެއެވެ. އަދި ޔުމްނުގެ ސިއްޙީ ހާލަތާ ގުޅޭ އެއްވެސް މަޢުލޫމާތެއްވެސް ފުލުހުންނާ ހިއްސާކޮށްފައެއް ނުވެއެވެ.

ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތުމާ ގުޅިގެން، އެ ރިޕޯޓު މުޅިން އާންމުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މިއީ މި މައްސަލައިގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.

ޔުމްނުގެ މައްސަލައަކީ މުޅި މުޖުތަމަޢުގެ ކަންބޮޑުވުން ފާޅުކުރި މައްސަލައެކެވެ. ޚާއްޞަކޮށް އަންހެނުންގެ ރައްކާތެރިކަމާއި، މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދުނެވެ. މި ރިޕޯޓު އާންމުވުމުން މި މައްސަލައިގައި އިތުރު މަޢުލޫމާތުތަކެއް ހާމަވެގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓު އާންމުވުމުން، މި މައްސަލައިގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުމަށްވެސް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން، ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ އިތުރު މަޢުލޫމާތު މި ރިޕޯޓުން ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: