ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއިއެކު ޑިމޮކެރެޓްސްގެ މެމްބަރުން އެމްޑީޕީއަށް ގުޅެން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓިގެ ހުރިހާ މެމްބަރުން އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

ޑިމޮކްރެޓްސްއިން މިއަދު ވަނީ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ.

ޑިމޮކްރެސްޓްސް ގެ ނެޝެނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމެއްގައި ޑިމޮކްރެސްޓްސްގެ މެމްބަރުން އެމްޑީޕީއަށް ގުޅުމާއިމެދު ފުޅާމިނެއްގައި ހިޔާލު ބަދަލު ކުރެވުނު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި، ޖަވާބުދާރީ ކުރުވަނި ދައުލަތެއް ދެމިއޮތުމަށް މުހިންމީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މީގެއިތުރަށް ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވެފައި، އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫޅު ކުރެވޭ ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.
އެހެންކަމުން ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއި ގުޅުމަށް އިގުރާރުވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ދެކަފިވެ ޑިމޮކްރެޓްސް އުފެދިގެން ދިޔައީ، ޕާޓީގެ ތެރެއިން ރައީސް ނަޝީދުއާއި އަދި ރައީސް ސޯލިހްއާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުން ތަކެއްގެ ތެރެއިންނެވެ. ރައީސް ނަޝީދު ޑިމޮކްރެޓްސް އުފެއްދެވުމަށްފަހު ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީން ވަނީ ވާދަވެސް ކޮށްފައެވެ. ރައީސް ނަޝީދު އޭރު ވިދާޅުވަމުން އައީ އެމްޑީޕީ ރޫޅާލާނެ ކަމަށެވެ. އެހެންނަމަވެސް ދެ ޕާޓީގެވެސް ފިކުރާއ ހިޔާލުތައް ހުރީ އެއް ދިމާލަކަށް މިސްރާބު ޖަހައިފައި ކަމަށް ދެ ޕާޓީގެ ބައެއް މެމްބަރުން ގަބޫލު ކުރިއެވެ.
އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިދާނެ ކަމަށް ގިނަބަޔަކު މީގެ ކުރިންވެސް އައީ ގަބޫލު ކުރަމުންނެވެ. މިވަގުތު އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަދި ހާއްސަކޮށް 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމެވެ.
އެމްޑީޕީގެ އެތެރޭގެ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް، ވަރަށް ގިނަ ކަންކަން ބަދަލުކޮށްފައިވާ ކަމަށް ދާދިފަހުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާ ރަނގަޅަށް އަދާނުކުރެވޭ ކަމަށާއި ސަރުކާރު ޖަވާބުދާރީވެސް ނުކުރެވޭ ކަމަށްބުނެ އެމްޑީޕީއަށް ފާޑުކިއުންތައްވެސް މިވަގުތު އިތީ އަމާޒުވެފައެވެ. އެހެންނަމަވެސް އެމްޑީޕީގެ އެތެރޭގެ ކަންކަން ރަނގަޅު ކުރުމަށް މިވަގުތު ފޯކަސް ހުރި ކަމަށް ނާޒިލް ވިދާޅުވިއެވެ
ޑިމޮކްރެޓްސް އަދި ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިއްޖެ ހާލަތެއްގައި ކަން ވެގެންދާނެ ގޮތަކައި މެދު އަނެއްކާވެސް މިވަނީ ރައްޔިތުންގެ މެދުގައި ސުވާލު އުފެދިފައެވެ. މާޒީގައި ކަން ހިނގައިދިޔަ ގޮތް އަލުން ތަކުރާރު ވެދާނެތޯ ނުވަތަ އެމްޑީޕީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދެން ނިކުންނާނީ ކުރިއަށް ވުރެ ގަދަކޮށްކަން މިއީ މިވަގުތު އޮތް އެންމެ ބޮޑު ސުވާލެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: