ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާގެ ކޮމިޝަން ރިޕޯޓު ތަފްސީލާއި އެކު އާންމުކޮށްފި

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެކުލަވާލި ރިޔާސީކޮމިޝަން ނޫސްވެރިންނާ ބައްދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަޙުޤީޤު ނިމި، އެ ރިޕޯޓު އާންމުކޮށްފި އެވެ.

ކޮމިޝަނުގެ މި ރިޕޯޓް  އާންމު ކުރެއްވީ، ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ގޮތަށް ޢާންމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ.

މައްސަލައިގައި ކޮމިޝަން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ، ރައުދު އަހުމަދު ޒިލާލްއާއި ޔުމްނު އަދި އޭނާގެ އެކުވެރިންތަކެއް ބައްދަލުވުމަށްޓަކައި ފިހާރައިން ތަކެތި ގަނެގެން ފުރަތަމަ ގެއަށް ދާ ވަގުތުން ފެށިގެން ހުރިހާ ތަފްސީލެއް ހިމަނާފަ އެވެ. އަދި ވަގުތާއި އެކު އެރޭ ފަހުން ރައުދުއާއި ދިމާވި މީހުންނާއި ޔުމްނު ވެއްޓުމަށް ފަހު ރައުދު އޭނާގެ ގެއަށް ދިޔަ ގޮތުގެ މައުލޫމާތު ވެސް ހިމަނާފަ އެވެ.

މި ރިޕޯޓުން އެނގޭ ގޮތުގައި ހ. ފެންޓެނޯއީއަށް ރައުދުއާއި ޔުމްނު ފިޔަވައި އިތުރު މީހަކު ވަދެފައި ނުވެއެވެ. އަދި އެ ސަރަހައްދުގައި އުޅުނު މީހަކު، ކީއްކުރާ މީހެއްތޯ ސުވާލު ކުރުމުން ރައްޓެއްސެއްގެ އެޕާޓްމަންޓަށް އައީކަމަށް ރައުދު ބުނިކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: