ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަނުގެ ނިންމުން؛ ޔުމްނު ވައްޓާލީއެއް ނޫން! ވެއްޓުނީ!

ޔުމްނު ވެއްޓުނުކަމަށް ފުލުހުން ބުނާ ފެންލައިޓް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ފެންޓެނޯއީގެ 09 ފަންގިފިލާގެ ފެންލައިޓަކުން ހައްވާ ޔުމްނު، ވައްޓާލީކަމަށް ބުރަވެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ މި މައްސަލައިގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ އޭޕްރިލް 18 ގައި މަލޭގެ އިމާރާތެއްގެ ފެންލައިޓަކުން ޔުމްނު ވެއްޓުނީ، ޖެހިގެން ހުރި ޖުދަން އިމާރާތެއްގެ މައްޗަށެވެ. އެ މައްސަލައިގައި އޭނާގެ އެކުވެރިއެއްކަމަށްވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރި އެވެ.

ރައުދު ޔުމްނު ވައްޓާލީކަމަށާއި، އަދި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ތުހުމަތު ކުރި އެވެ

މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ކޯޓުގައި ޝަރީއަތްތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

މިއަދު އާންމު ކުރި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ޔުމްނުއާއި، ރައުދުގެ އިތުރުން ފުލުހުން މީގެ ކުރިން ނަން ހާމަކުރި މީހުންތައް އެންމެން އެކުގައި މަންދޫގޭ، ދެކުނުގެއަށް ދިޔަ ވަގުތުން ފެށިގެން ހުރިހާ ތަފްސީލެއް ހިމަނާފަ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ރައުދު 09 ވަނަ ފަންގިފިލާއިން ދެފަހަރެއްގެ މަތީން ފައިބާތަން ފެންނަކަމަށެވެ. އަދި އިތުރު މީހަކު އެ ފަންގިފިލާއަށް އަރައި ފައިބާތަން ނުފެންނަ ކަމަށެވެ. އެހެންކަމުން ރިޕޯޓުގައި އެއްކުރި މައުލޫމާތުތަކަށް ރިއާޔަތް ކުރާއިރު އޭނާ ވައްޓާލީކަމަށް ނުވަތަ ފުންމާލީކަމަށް ބެލެވެން ނެތްކަމަށް ވެއެވެ

ރިޕޯޓުގައި ބުނެފައިވާ ގޮތުން ޔުމްނު ވެއްޓުނު ރޭ، އޭނާއާއި ރައުދު ވެސް ތިބީ މަސްތުގެ ހާލަތުގަ އެވެ. އަދި އެކަން ދެ މީހުންގެ ކުޑަކަމުދާތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އެބައޮތްކަމަށް ވަނީ ބުނފަ އެވެ.
ކޮމިޝަނުން ބުނީ އެރޭގެ ޔުމްނު ވެއްޓުނީކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: