ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދުގެ ބޭބެ، ދާއޫދު ވެސް ރިޔާސީ ކޮމިޝަނަށް ދިނީ ދޮގު ބަޔާނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ފެންޓެނޯއީގެ 09 ފަންގިފިލާގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، އިހުމާލެއް އޮތްކަމުގެ ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ރިޔާސީ ކޮމިޝަނާއި ފުލުހުންނަށް ދިން މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރިކަން ހާމަވެއްޖެ އެވެ.

މިދިޔަ އޭޕްރިލް 18 ގައި މަލޭގެ އިމާރާތެއްގެ ފެންލައިޓަކުން ޔުމްނު ވެއްޓުނީ، ޖެހިގެން ހުރި ޖުދަން އިމާރާތެއްގެ މައްޗަށެވެ. އެ މައްސަލައިގައި އޭނާގެ އެކުވެރިއެއްކަމަށްވާ ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރި އެވެ.

ރައުދު ޔުމްނު ވައްޓާލީކަމަށާއި، އަދި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ތުހުމަތު ކުރި އެވެ

މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ކޯޓުގައި ޝަރީއަތްތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

މިއަދު އާންމު ކުރި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ޔުމްނުއާއި، ރައުދުގެ އިތުރުން ފުލުހުން މީގެ ކުރިން ނަން ހާމަކުރި މީހުންތައް އެންމެން އެކުގައި މަންދޫގޭ، ދެކުނުގެއަށް ދިޔަ ވަގުތުން ފެށިގެން ހުރިހާ ތަފްސީލެއް ހިމަނާފަ އެވެ.

މި މައްސަލައިގައި ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުނު ރޭގެ ފަތިހު 05:38 ހާއިރު ރައުދުއާއި ދާއޫދު ދިމާވެފައިވާކަމަށެވެ. އަދި ދިރިއުޅޭ ގެ ހ. މާއިރާއަށް ރައުދު ވަދެފައި ވަނީ އަމިއްލައަށްކަމަށާއި ސަރުކާރުގެ އެއްވެސް މީހަކަށް ހާދިސާގެ މުއާމަލާތެއްކޮށްފައި ނުވާނެކަމަށް ރައުދު ބުނެފައިވީ ނަމަވެސް އެއީ ތެދު ވާހަކައެއް ނޫންކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމާއި ގުޅޭގޮތުން ރައުދު އެއްވެސް ވާހަކައެއް ހިއްސާ ނުކުރާކަމަށް ދާއޫދު ބަޔާން ދިންކަމަށެވެ. އެހެން ނަމަވެސް 18 އޭޕްރިލްގެ އެކި ވަގުތުތަކުގައި ދާއޫދު ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާންއާއި އެކިފަހަރު މަތީން އެ ހާދިސާގެ ވާހަކަ ދައްކާފައިވާކަމަށްވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ރައުދު ބަލައި، ދާއޫދު އެރޭ ފަތިހު ގޭގެ ތިރިއަށް ފޭބިކަމަށް އެހެން މީހުން ބަޔާން ދީފައިވާކަމަށެވެ. އަދި ދާއޫދު މައްސަލައިގައި ފުލުހުންނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތައް ހުރިކަން ފާހަގަކުރެވޭކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ދާއޫދުއާއި އޭނާގެ ރަހުމަތްތެރިންގެ ބަޔާންތަކުގައި ވެސް ފުށުއެރުން ހުރިކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: