ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއިލާގެ އެއްބާރުލުމެއް ކޮމިޝަނަށް ނުލިބުނު؛ ތަހުގީގުގެ ނަތީޖާއަށް އަސަރެއް ނުކުރާނެ!

ހައްވާ ޔުމްނު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިމާރާތެއްގެ މަތީން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، ކަން ހިނގައިދިޔަ ގޮތް ހޯދައި ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނަށް އާއިލާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.

މިދިޔަ އޭޕްރިލް މަހުގެ 18 ގައި ހ. ފެންޓެނޯއީގެ 09 ފަންގިފިލާގެ ފެންލައިޓަކުން ޔުމްނު ވެއްޓުނު މައްސަލައިގައި ކޮމިޝަނެއް އުފައްދަން ޖެހުނީ ފުލުހުންގެ ތަހުގީގާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާތީ އެވެ.

މި ހާދިސާއަށް ދެ މަސް ވެގެން ދިޔައިރު، މިހާތަނަށް ވެސް ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުމެއް ނުލިބެ އެވެ. އަދި އާއިލާއިން ވަނީ ތަކުރާރުކޮށް ބަޔާން ދިނުމަށް ދެކޮޅު ހަދާފަ އެވެ.

ޔުމްނުގެ ހާލު ކުރިޔަށް ވުރެ ރަނގަޅުވެ، އޭނާ ހޮސްޕިޓަލުން މީގެ ހަފްތާއެއް ކުރިން ދޫކޮށްލާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. އެހެން ނަމަވެސް އާއިލާއިން ބުނަނީ އަދި ހާލަތު ހުރީ ވާހަކަ ދެއްކޭ ގޮތަށް ނޫން ކަމަށެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުގެ 72 ސަފުހާގެ ރިޕޯޓުގައި ތަފްސީލުކޮށް މުޅި ދުވަހުގެ ކަންކަން ހިމަނާފައި ވެއެވެ. އަދި ޔުމްނުއަށް ހޮސްޕިޓަލުގައި ދިން ފަރުވާއާއި، އާއިލާއާއި ހޮސްޕިޓަލުގައި ޑޮކްޓަރުންނާއި ކުރެވުނު މުއާމަލާތްތައް ވަނީ ހިމަނާފަ އެވެ.

އިންސާފު ބޭނުންވާކަމަށް ޔުމްނުގެ އާއިލާއިން ބުނަމުން ދިޔަ ނަމަވެސް، ތަހުގީގުތައް ނިންމައި މައްސަލައިގައި އިންސާފަށް ވާސިލުވުމަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އަދި ހާއްސަކޮށް ޔުމްނުއަށް ބޭނުންވާ އިންސާފުގައި އޭނާގެ ބަހެއް މުހިންމުކަން ފާހަގަކުރި އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ޔުމްނުގެ ބަހެއް ނެތި، ތަހުގީގު ނިމުމަކަށް ގެންނަން ޖެހުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުބެލެވުނު ނަމަވެސް ކޮމިޝަނުން ކުރި ތަހުގީގަށް ލިބުނު ހެއްކާއި ގަރީނާއަށް ބަލާއިރު ޔުމްނުގެ ބަހެއް ނުލިބުމުން ތަހުގީގުގެ ނަތީޖާއަށް އޭގެ އަސަރު ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ.

ކޮމިޝަނުން ބުނެފައި ވަނީ ތަހުގީގުން ހޯދަން ޖެހުނު ހަގީގަތް އުނިކަމެއް ނެތި ހޯދުނުކަމަށާއި، ތަހުގީގުގެ މަގްސަދު ފުރިހަމައަށް ހާސިލު ކުރެވުނުކަމަށް ދެކޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: