ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިނުމުން ދާއޫދު ރައީސް އޮފީހުގެ މަގާމުން ވަކިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން މައްސަލައިގައި ދާއުދު އަހުމަދު ޒިލާލު ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ދާއޫދު އަހުމަދު ދޮގު ބަޔާން ދިން މައްސަލާގައި މަގާމުން ވަކިކޮށްފި އެވެ.

ދާއޫދުއަކީ ހ. ފެންޓެނޯއީގެ 09 ފަންގިފިލާގެ ފެންލައިޓުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، އިހުމާލެއް އޮތްކަމުގެ ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ އެވެ.

މިދިޔަ އޭޕްރިލް މަހުގެ 18 ގައި ހިނގި މި ހާދިސާގައި، ޔުމްނު ވެއްޓުނީ ފެންޓެނޯއީ ޖެހިގެން ހުރި ޖުދަން އިމާރާތެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ރައުދުގެ މައްޗަށް އިހުމާލުގެ ތުހުމަތު ކުރެވޭއިރު އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އުފެއްވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ޔުމްނުއާއި، ރައުދުގެ އިތުރުން ފުލުހުން މީގެ ކުރިން ނަން ހާމަކުރި މީހުންތައް އެންމެން އެކުގައި މާންދޫގެ، ދެކުނުގެއަށް ދިޔަ ވަގުތުން ފެށިގެން ހުރިހާ ތަފްސީލެއް ހިމަނާފަ އެވެ.

މި މައްސަލައިގައި ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުނު ރޭގެ ފަތިހު 05:38 ހާއިރު ރައުދުއާއި ދާއޫދު ދިމާވެފައިވާކަމަށެވެ. އަދި ދިރިއުޅޭ ގެ ހ. މާއިރާއަށް ރައުދު ވަދެފައި ވަނީ އަމިއްލައަށްކަމަށާއި ސަރުކާރުގެ އެއްވެސް މީހަކަށް ހާދިސާގެ މުއާމަލާތެއްކޮށްފައި ނުވާނެކަމަށް ދާއުދު ބުނެފައިވީ ނަމަވެސް އެއީ ތެދު ވާހަކައެއް ނޫންކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމާއި ގުޅޭގޮތުން ރައުދު އެއްވެސް ވާހަކައެއް ހިއްސާ ނުކުރާކަމަށް ދާއޫދު ބަޔާން ދިންކަމަށެވެ. އަދި މައްސަލައިގައި ސަރުކާރުގެ އެއްވެސް ސިޔާސީ ފަރާތަކަށް ނުގުޅާކަމަށް ބުނި ކަމަށެވެ. އެހެން ނަމަވެސް 18 އޭޕްރިލްގެ އެކި ވަގުތުތަކުގައި ދާއޫދު ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާންއާއި އެކިފަހަރު މަތީން އެ ހާދިސާގެ ވާހަކަ ދައްކާފައިވާކަމަށް ރިޕޯޓުގައި ވެއެވެ.

އެގޮތުން ކޮއްކޮ ހައްޔަރުކޮށްފިކަމަށް ބުނެ ގުޅުމާއި، ރައުދުއަށް މުޅި މައްސަލައިގެ ތުހުމަތުކުރާކަމަށް ބުނެ އެއްބާރުލުން ދޭނެކަމަށާއި މިއީ ”އެކްސިޑެންޓެއް“ ކަމަށް ދާއުދު ބުނުން ހިމެނެ އެވެ.

މީގެއިތުރުން ރައުދު ދިރިއުޅޭ ގެ ފާސްކުރަނިކޮށް އެ ސަރަހައްދުގައި ނޫސްވެރިން އެބަތިބިކަމަށް ބުނެ ވެސް މެސެޖު ކުރިކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ރައުދު ބަލައި، ދާއޫދު އެރޭ ފަތިހު ގޭގެ ތިރިއަށް ފޭބިކަމަށް އެހެން މީހުން ބަޔާން ދީފައިވާކަމަށެވެ. އަދި ދާއޫދު މައްސަލައިގައި ފުލުހުންނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތައް ހުރިކަން ފާހަގަކުރެވޭކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ދާއޫދުއާއި އޭނާގެ ރަހުމަތްތެރިންގެ ބަޔާންތަކުގައި ވެސް ފުށުއެރުން ހުރިކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: